ވެލިގާ ހާޑްވެއާގެ އާ ފިހާރައެއް ޝޯ ރޫމަކާއެކު ހުޅުމާލޭގައި ހުޅުވައިފިއެވެ.
މިއީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ހާޑްވެއާ ތަކެތި ވިއްކާ ވެލިގާ ހާޑްވެއަރ އިން ހުޅުވި ފަސްވަނަ ފިހާރައެވެ.
ހުޅުމާލޭގައި ކުލަގަދަކޮށް ބޭއްވި ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުވައިދެއްވީ ހުޅުމާލޭ ޑިވަލަޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަންއެވެ. މި ފިހާރަ އާއެކު ވެލިގާ ހާޑްވެއަރއިން ވަނީ ޚާއްސަ ޕޮރޮމޯޝަނެއްވެސް ފަށާފައެވެ. އެގޮތުން އެފިހާރައިން ކުރާ ކޮންމެ 10 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެކަމަށް އެފިހާރައިން މައުލޫމާތުދެއެވެ. އަދި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ފަރާތަކަށް އެއް ހާސް ރުފިޔާގެ ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހުޅުމާލޭ ޑިވަލަޕްމަންޓް ކޯޕަރޭޝަންގެ މެނެޖިންގް ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިފިހާރައިގެ ސަބަބުން ވަރަށް ބޮޑު ލުޔެއްލިބިގެންދާނެކަމަށެވެ.
ވެލިގާ ހާރޑްވެއަގެ ޑިރެކްޓަރ އަބޫބަކުރު މުހައްމަދު ވިދާޅުވީ ވެލިގާ ހާރޑްވެއަރގެ އެހެން ފިހާރަތަކޭ އެއްގޮތަށް މިތަނުން ވެސް ގަންނަ ތަކެތި ހިލޭ ޑެލިވަރީކޮށްދެވޭނެކަމަށެވެ.