ވޮލީބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް ރެފްރީން ތަމުރީނު ކުރުމުގެ ކޯހެއް ދ.ބަނޑިދޫގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
މިއީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވޮލީބޯލް އެސޯސިއޭޝަނާއި ދ. ބަނޑިދޫ ކައުންސިލް އަދި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއާ ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.
މި ކޯސް ކުރިއަށްދާނީ 5 އޮކްޓޯބަރުން ފެށިގެން 15 އޮކުޓޯބަރާ ހަމައަށެވެ. ބަނޑިދޫގައި ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ 1 އޮކުޓޫބަރެވެ.
މިކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތައް، ކުޅިވަރާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ޕޯސްޓުގައިވާ ކިއުއާރު ކޯޑު ސްކޭން ކޮށްގެން އެޕްލިކޭޝަން ފުރިހަމަކުރުމަށް ވުޒާރާއިން ވަނީ އެދިފައެވެ.