ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ނައިބު ރައީސް ކަމަށް 6 ބޭފުޅަކު އިންތިޚާބުކޮށްފިއެވެ.
ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިޚާބުވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއާއި، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް އާއި، އިޤްތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި، މަސްވެރިކަމާއި ދަނޑުވެރިކަމއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމާއި، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. މިބޭފުޅުންގެ އިތުރުން ނައިބު ރައީސްކަމަށް ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު - 968
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް - 964
ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ - 923 ވޯޓު
އިޤްތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު - 833
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު - 862 ވޯޓު
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް - 780 ވޯޓު
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލު - 301 ވޯޓު
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު - 288 ވޯޓު
ޕީއެންސީގެ މެމްބަރުންގެ މަޖިލީހަށް ހޮވާ 10 އަންހެން މެމްބަރުންވެސް މިއަދުވަނީ ހޮވާފައިވެއެވެ. އެ މަޤާމަށް 22 ފަރާތަކުން ވާދަކުރެއްވިއެވެ.
1. މަރްޔަމް ޝިއުނާ 931 ވޯޓު
2. ޝެރީނާ އަބްދުﷲ 885 ވޯޓު
3. ފާތިމަތު މިޒުނާ 881 ވޯޓު
4. މާއިޝަތު މުހައްމަދު 863 ވޯޓު
5. މަރްޔަމް ސާމިޔާ 870 ވޯޓު
6. އާމިނަތު ނަމްޒާ 846 ވޯޓު
7. އާސިޔަތު ރީޝާ 843 ވޯޓު
8. ފާތިމަތު މުހައްމަދު 841 ވޯޓު
9. ފާތިމަތު ރުޚްޝާނާ 837 ވޯޓު
10. އާމިނަތު ޝުހުދާ 819 ވޯޓު
ޕާޓީގެ ބައެއް މަޤާމުތަކަށް އިންތިޚާބަކާ ނުލާ ބައެއް ބޭފުޅުންވަނީ ހޮވިވަަޑައިގަންނަވާފައެވެ. އެއީ އެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެންމެ ބޭފުޅަކުކުރިމަތިލައްވާފައިވާތީއެވެ.
- އަންހެނުންގެ ހަރަކާތުގެ ރައީސް، ފަންނާ ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު
- އަންހެނުންގެ ހަރަކާތުގެ ނައިބު ރައީސް، އާމިނަތު ޙުސައިން ޝަރީފް
- އަންހެނުންގެ ޙަރަކާތުގެ ސެކްރެޓަރީ، އާމިނަތު ނާޞިޙާ
- ޒުވާނުންގެ ހަރަކާތުގެ ރައީސް، އިބްރާހިމް އަބާން އަބްދުއްލަތީފް
- ޒުވާނުންގެ ޙަރަކާތުގެ ނައިބުރައީސް، ޙަސަން ޝަހީދު
- ޒުވާނުންގެ ޙަރަކާތުގެ ސެކްރެޓަރީ، އިސްމާޢީލް ޢަޒްމީ
މެމްބަރުންގެ މަޖިލީހަށް ޒުވާނުންގެ ތެރެއިން ހޮވާ 7 މެމްބަރުންގެ މަޤާމަށް، 13 ބޭފުޅަކު ވާދަކުރެއްވިއެވެ.
1. ސިމާން ޙާދީ 881 ވޯޓު
2. އިބްރާހިމް އަދްޔާން ނިމާލްއަށް 857 ވޯޓު
3. މަލްޝާ ޝަރީފު 856 ވޯޓު
4. މުހައްމަދު އިޞީލް 852 ވޯޓު
5. ލުޖައިނުﷲ ޒުހައިރު 851 ވޯޓު
6. އިސްމާޢީލް ރިފާޢު 850 ވޯޓު
7. ޙައްމާދު ރަޝީދު 843 ވޯޓު
އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުން އިޤްރާރުވުން އޮންނާނީ މިރޭ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތުގައެވެ.
އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ، މިއަދުގެ މެންދުރުފަހު 14:00 ގެ ކުރިން އިންތިޚާބީ ކޮމިޓީއަށް އެ ޝަކުވާ އެއް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު ޕީއެންސީން ވަނީ ހުޅުވާލާފައެވެ. އެ ޝަކުވާތައް ޙިއްސާކުރަން ވާނީ އިންތިޚާބީ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީއާ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި މިއަދު ހަވީރު 16:00ގެ ފަހުން ޝަކުވާތަކަށް ޖަވާބުދޭނެކަންވެސްވަނީ ހާމަކޮށްފައެވެ.
ޕީއެންސީގެ މަތީމަޖިލިސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ކޮންގްރެސްއަށްފަހުވެސް ޕާޓީ އެއްބައިވަންތަކޮށް އޮތުންވަރަށް މުހިންމުކަމަށެވެ. އަދި ޕާޓީން އެކުވެރި ރޫހެއްގައި މަސައްކަތްކުރުމަށްވަނީ ބާރު އަޅުއްވާފައެވެ. އެންމެ މެންބަރުން ގިނަ ޕާޓީއާއެކު ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ އިސްކުރާނީ ޤައުމީ މަސްލަހަތުކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.