އަހަރުގެ މިހާތަނަށް ރިސޯޓުތަކުގައި މިލިޔަނަކަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ރާއްޖެއައި ފަތުރުވެރިންގެ %73.5 އެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.
ރިސޯޓުތަކުގައި 1.067،310 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. ރިސޯޓުތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. އެ ޤައުމުން ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %87.6 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. 2ވަނަ އަށް ރިސޯޓުތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. އެ ޤައުމުން ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %82.5 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.
• ޗައިނާ: 271،987 ފަތުރުވެރިން
• ރަޝިއާ: 212،927 ފަތުރުވެރިން
• އިނގިރޭސިވިލާތް: 112،399 ފަތުރުވެރިން
• އިޓަލީވިލާތް: 94،045 ފަތުރުވެރިން
• ޖަރުމަނުވިލާތް: 89،980 ފަތުރުވެރިން
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު 2ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓް ހައުސްތަކުގައެވެ. އެއީ 321،327 ފަތުރުވެރިންނެވެ.
ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 1266 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 67،678 އަށް އަރައެވެ.