ޚަބަރު

ފޮރިން މިނިސްޓަރ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް


ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާސިމް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައިފިއެވެ.

ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ނުރަސްމީ ދަތުރުފުޅުގައި ޑރ. ޢާސިމް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ކުރެއްވި މި ޒިޔާރަތުގައި އެމްބެސެޑަރ ޒާހިޔާ ޒަރީރާއި އެމްބަސީގެ މުވައްޒަފުންނާ ބައްދަލު ކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު މުޙައްމަދު ޢާސިމް ވަނީ އެމްބަސީގެ މަސައްކަތްތަކާއި ބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. ޑރ. ޢާސިމްގެ މި ދަތުރުފުޅުގައި އެމްބަސީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިދާނޭ ގޮތްތަކަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.