ޚަބަރު

ޗީފް ސްޓެޓިސްޓީޝަނަކަށް ޑރ. އަޙްމަދު ރިޔާޒް


  • އެ މަޤާމަށް އޭނާ އައްޔަން ކުރެއްވީ އޮގަސްޓު 23ގައި

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ޑރ. އަޙްމަދު ރިޔާޒް އައްޔަނުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ޑރ. އަޙްމަދު ރިޔާޒް 23 އޮގަސްޓް 2026 އިން ފެށިގެން އައްޔަނުކުރައްވާފައިވާކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަނީ ހާމަކޮށްފައެވެ.


މި ޤާނޫނުގައިވާ ގޮތުން ބިއުރޯއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރެވެ. އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގަވާނީ މާލީ ވަޒީރުގެ ލަފާގެ މަތިން ޗީފް ސްޓެޓިސްޓީޝަނެވެ.

ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ހަރުދަނާކޮށް، ޤައުމުގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ޙާލަތު ބަޔާންކޮށްދޭ މުހިންމު ތަފާސްހިސާބު އެއްކޮށް، އެއްހަމައެއްގައި އިތުބާރުހުރި ގޮތެއްގައި ފޯރުކޮށްދިނުމަކީ މި ޤާނޫނުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.