މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަހުމަދު އަލީ އައްޔަންކޮށްއެވެ.
އަހުމަދު އަލީ ތަޢުލީމް ޙާސިލްކުރައްވާފައިވަނީ އެކައުންޓިން އާއި ގާނޫނީ ދާއިރާ އިންނެވެ. އޭނާވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އެސިސްޓެންޓް ކޮމިޝަނާ ޖެނަރަލްގެ މަގާމު ފުރުއްވާފައެވެ. އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑުގައި ޚިދުމަތްކުރައްވާފައިވެއެވެ.
ޕެންޝަން އޮފީހަކީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ހިންގާ ބެލެހެއްޓުމަށް އުފައްދަވާފައިވާ އޮފީހެކެވެ.
ޕެންޝަން ބޯޑުގައި ހިމެނެނީ 8 މެމްބަރުންނެވެ. މިވަގުތު އެ ބޯޑުގައި ތިއްބެވީ 7 ބޭފުޅުންނެވެ. އެ އޮފީހުގެ ސީއީއޯގެ މަގާމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަން ކުރެިން ކުރެއްވި ޔަޒްމީދު މުހައްމަދު މިދިޔަ ހަފްތާގައި އައްޔަންކުރައްވަފައިވެއެވެ.