ކުޅިވަރު

ޕީއެސްޖީ އާއި ބާސެލޯނާ އަދި ސިޓީ، އާސެނަލްއާ ދެކޮޅަށް ރެއާލް


ޔޫއޭފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އާއި ސްޕޭނުގެ ބާސެލޯނާ އަދި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ގްރޫޕް ސްޓޭޖުގައި ވާދަ ކުރަން ޖެހިއްޖެ އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ސްޕޭނުގެ ރެއާލް މެޑްރިޑް ވާދަ ކުރަން ޖެހުނު ގަދަ ޓީމުތަކަކީ އިނގިރޭސި ޗެމްޕިއަން އާސެނަލް އާއި އިޓަލީގެ އިންޓަމިލާނާއި ރޯމާ އަދި ނެދަލޭންޑްގެސް ޕީއެސްވީ އެވެ.

އާސެނަލް އަށް ރެއާލްގެ އިތުރުން ވާދަ ކުރަން ޖެހެނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ބޮރޫޝިޔާ ޑޯޓްމުންޑް އިޓަލީގެ ނާޕޮލީ އާއި ފްރާންސްގެ ލިލް އަދި ސްޕޭނުގެ ރެއާލް ބެޓިސް ފަދަ ކުލަބުތަކާ އެވެ.

ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކުން އަށް މެޗު ކުޅެން ޖެހޭއިރު އަމިއްލަ ދަނޑުގައި ހަތަރު މެޗު އަދި ގައުމުން ބޭރުގައި ހަތަރު މެޗު ކުޅޭނެ އެވެ. ބާސެލޯނާ ވާދަ ކުރަން ޖެހުނު ގަދަ ޓީމުތަކަކީ ސިޓީ އާއި ޕީއެސްޖީގެ އިތުރުން އެސްޓަންވިލާ އާއި ތުރުކީގެ ގަލަޓަސަރާއީ އިޓަލީގެ ކޯމޯ އެވެ. މިގްރޫޕް ޝައުގުވެރިވާ ސަބަބަކީ ސިޓީ އަށް ކުޅުނު ރޮޑްރީ ބާސެލޯނާގެ ޖާޒީގައި އެ ޓީމާ ދެކޮޅަށް ކުޅޭނެތީ އެވެ. އަދި ޕީއެސްޖީ އަށް ބަދަލުވު ބާސެލޯނާގެ ފެރަން ޓޮރޭޒާއި އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ އާއި އޮސްމާނޭ ޑެމްބެލޭ އަކީ ވެސް ބާސެލޯނާގެ ކުރީގެ ތަރިން ކަމަށްވާތީ އެވެ. ކޯމޯގެ ކޯޗަކީ ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ސެސް ފެބްރިގާސް އެވެ.

ލިވަޕޫލް ވާދަ ކުރަން ޖެހުނީ އިންޓަމިލާނާއި ޕީއެސްވީ އާއި ރޯމާ ފަދަ ޓީމުތަކާ އެވެ. ލިވަޕޫލަށް ކުޅުމަށްފަހު އިންޓަމިލާނަށް ކާޓިސް ޖޯންސް ބަދަލުވީ މިސީޒަނަށެވެ. ބަޔާން މިއުނިކް ވާދަ ކުރަން ޖެހެނީ އާސެނަލްގެ އިތުރުން އެތްލެޓިކޯ މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑާއި ލިލް އަދި ރެއާލް ބެޓިސް ފަދަ ޓީމުތަކާ އެވެ. އެތްލެޓިކޯ މެޑްރިޑް ވާދަ ކުރަން ޖެހޭނީ ބަޔާން އާއި ލިވަޕޫލް އަދި މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްވީ އާއި ފެނަބާޗޭ އާއި ސުޓުޓްގާޓް ފަދަ ޓީމުތަކާ އެވެ.