ކުޅިވަރު

ޗެލްސީގެ ޝައުގުވެރިކަން އާޖެންޓީނާގެ ކީޕަރު މާޓިނޭޒަށް


ޗެލްސީން އާޖެންޓީނާގެ ގައުމީ ކީޕަރު އެމެލިއާނޯ މާޓިނޭޒް ގަތުމަށް މަސައްކަތް ފަށައިފި އެވެ.

އިނގިރޭސި ކުލަބު އެސްޓަން ވިލާ އަށް ކުޅެމުން އަންނަ މާޓިނޭޒް ވެސް ހުރީ ކުލަބު ބަދަލު ކުރަން ތައްޔާރަށެވެ.
އެއީ އޭނާގެ ބަދަލުގައި އެ ކުލަބުގެ އެއްވަނަ ކީޕަރުކަން ކުރަން ޖަޕާނުގެ ގައުމީ ކީޕަރު ސުޒުކީ ގެނައުމުންނެވެ.

މާޓިނޭޒް ވަނީ މި ސީޒަން ފެށުމުގެ ކުރިން ވެސް ކުލަބު ބަދަލު ކުރަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އިޓަލީގެ ޔުވެންޓަސް އަށް އޭނާ އަށް ނުދެވުނީ ހުރިހާ ކަމެއް ނިމުނު ފަހުން ފަހު ވަގުތު އެވެ. އަދި ހުސްވި ސީޒަން ފެށުމުގެ ކުރިން ވެސް އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ވެސް ބަދަލުވާން މަސައްކަތް ކޮށްފަ އެވެ. އެ ފަހަރު ވެސް ޑީލް ކެންސަލް ވީ ފަހު ވަގުތު އެވެ.

މިހެންވެ މިއީ އެޖެންޓްގެ މައްސަލައެއް ކަމަށް ބަލައި މާޓިނޭޒް ވަނީ މި މަހު ކުރީކޮޅު އޭނާގެ އެޖެންޓް ވެސް ބަދަލު ކޮށްފަ އެވެ.

އުމުރުން 33 އަހަރުގެ ކީޕަރަކީ އެންމެ ފަހުގެ ދެ ވޯލްޑް ކަޕާއި އެންމެ ފަހުގެ ދެ ކޮޕާ އެމެރިކާގައި އާޖެންޓީނާގެ އެއްވަނަ ކީޕަރެވެ. އަދި އޭނާ ވަނީ ހުސްވި ޖުލައި މަހު ނިމުނު މުބާރާތް ފިޔަވައި އަނެއް ތިން މުބާރާތުގެ އެއްވަނަ ކީޕަރުކަން ވެސް ހޯދައިފަ އެވެ.