ރާއްޖެ-ޗައިނާ އެފްޓީއޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ އިޤްތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގެ ތެރެއިން އިގުތިޞާދީ ވަޒީރު ސަޢީދު ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ދެޤައުމުގެ އިޤްތިޞާދީ އެއްބާރުލުން ކުރިއެރުވުމަށް، ޗައިނާގެ ހައިނާން ޕްރޮވިންސްގެ ގަވަރުނަރު ލިއު ޒިއާއޯމިންގްއާ ބައްދަލުކުރައްވާފައެވެ.
Minister @em_saeed met with Hainan Province Governor, H.E. Liu Xiaoming, to deepen trade ties and advance mutual economic cooperation. Discussions focused on maximizing opportunities under the China-Maldives Free Trade Agreement (FTA) and expanding joint initiatives to drive… pic.twitter.com/hXMuERUlaJ
— Ministry of Economic Development,Transport & Trade (@MoEDmv) August 26, 2026
އިގުތިޞާދީ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އަމަލުކުރަންފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދެ ގައުމަށްވެސް ލިބެންހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމާ ގުޅޭގޮތުން ކަމަށެވެ. އަދި ދެމެހެއްޓެނިވި އިގުތިޞާދީ ކުރިއެރުން ހާސިލުކުރުމަށްޓަކައި ދެ ގައުމުން ގުޅިގެން ހިންގޭނެ ހަރަކާތްތަކާއި މަޝްރޫޢުތައް ފުޅާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ޒަޢާމަތުގައި، ރާއްޖޭގެ ތަރައްޤީގެ އިސްކަންދޭ ދާއިރާތަކަށް އެއްބާރުލުން ދިނުމަށް ޗައިނާ ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ޗައިނާގެ ހައިނާން ޕްރޮވިންސްގެ ގަވަރުނަރު ލިއު ޒިއާއޯމިންގް ވަނީ ފާހަގަކޮށްފައެވެ.
Minister @em_saeed visited the Haiken Group Product Exhibition Hall and met with Deputy General Manager Mr. Meng Xiaoliang and senior team of the Hainan State Farms Investment Holding Group.
— Ministry of Economic Development,Transport & Trade (@MoEDmv) August 26, 2026
Discussions centered on enhancing cooperation in food security and regional… pic.twitter.com/01LzAMoCqB
ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިގުތިޞާދީ ވަޒީރު ސަޢީދު ވަނީ ހައިކެން ގްރޫޕް ޕްރޮޑަކްޓް އެގްޒިބިޝަން ހޯލަށް ޒިޔާރަތްކުރައްވައި، ހައިނާން ސްޓޭޓް ފާމްސް އިންވެސްޓްމަންޓް ހޯލްޑިންގ ގްރޫޕުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު މެންގް ޝިއާއޯލިއަންގް އަދި އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސަރަޙައްދީ ގުޅުން ބަދަހިކުރުމުގެ އިތުރުން ރާއްޖެއިން ހައިނާންއަށް މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން އިގުތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ.