ޚަބަރު

ލީގު ބުރުގެ ދެވަނަ މެޗު ކޯރާ ކޯރާ އަށް


  • މިރޭ ވާދަކުރާނީ ކޯރާ ކޯރާ އާއި ބަނޑޮސް

އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ލީގު ބުރުގެ ދެވަނަ މެޗު ކޯރާ ކޯރާ މޯލްޑިވްސް އިން ކާމިޔާބުކޮށްފިއެވެ.

ކޯރާ ކޯރާ މޯލްޑިވްސް މެޗު ކާމިޔާބުކުރީ ދަ ސްޓެންޑާޑްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓތައް ކޯރާ ކޯރާ އިން ގެންދިޔައީ 25-21, 27-25 އަދި 25—22 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކޯރާ ކޯރާ މޯލްޑިވްސްގެ ގަޔާން އެވެ. ލީގު ބުރުގައި ކޮންމެ ޓީމެއް އެއް މެޗު ކުޅުނު އިރު މެޗު ކާމިޔާބުކޮށް ކުރީގައި އޮތީ ކޯރާ ކޯރާ މޯލްޑިވްސް އާއި ކުޑަފުށްޓެވެ. ފައިނަލަށް ދަތުރުކުރާނީ ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމެވެ. ލީގު ބުރުގައި މިރޭ ވާދަކުރާކީ ކޯރާ ކޯރާ މޯލްޑިވްސް އާއި ބަނޑޮސް މޯލްޑިވްސް އެވެ.

މީދޫ އެކުވެރި ކްލަބުން ބާއްވާ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.