ހުޅުމާލެއިން ކަރަންޓު ދިޔަ ބައެއް ސަރަޙައްދުތަކަށް މިހާރު ކަރަންޓު ދެވިފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ކަރަންޓު ކެނޑުނީ، މީގެ ގަޑިއެއްހާއިރު ކުރިންނެވެ.
ސްޓެލްކޯއިން ވިދާޅުވީ، ހުޅުމާލޭގެ ދެ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ ފީޑަރު ކޭބަލެއް ގްރައުންޑުވުމާއި ގުޅިގެން ކަމަށެވެ. ޚިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް މިހާރު ދަނީ، އަލުން ކަރަންޓުގެ ޚިދުމަތްދެމުން ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ދެން ހިމެނޭ ސަރަޙައްދުތަކަށްވެސް ވީހާވެސް އަވަހަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ، ކުރަމުންނެވެ.
ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް ދެނީ ހުޅުމާލެ ފޭސް 1ގައި ހުންނަ، މައި އިންޖީނުގެ މެދުވެރިކޮށެވެ. އާބާދީ ބޮޑުވުމާއެކު، ހުލުމާލެގައި ކަރަންޓުގެ ޑިމާންޑް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.