ޚަބަރު

މަސްތުވާތަކެއްޗާއެކު ވޮލީ ކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފި


  • ފާޒިލް ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖަހާފައިވޭ

މަސްތުވާތަކެއްޗާއެކު ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އަޙްމަދު ފާޒިލް ހައްޔަރުކޮށް 10 ދުވަސް ބަންދަށް ޖަހައިފިއެވެ.

މިދިޔަ މަހު ފާޒިލް ވަނީ މާރާމާރީގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައެވެ. އެ ފަހަރުވެސް ފާޒިލްގެ ބަންދަށް 10 ދުވަސްޖެހިއެވެ. އެ ފަހަރުގެ މާރާމާރީއަކީ އެ ރަށުގައި ކުރިއަށްދިޔަ ވޮލީބޯޅަ މުބާރާތެއްގެ ތެރެއިން ހިނގި މާރާމާރީއެކެވެ.

ފުލުހުން ވިދާޅުވީ، ފާޒިލް ހައްޔަރުކޮށްފައިވަނީ ފުޅާ ދާއިރާއެއްގައި ވ. ކެޔޮދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި އޭނާއާ ގުޅުން ހުރި ދެ ގެއެއް ބަލާ ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 256.01 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރާއްޖޭގެ ޓޮޕް ޑިވިޝަންތަކުގެ ވޮލީ މުބާރާތްތަކުން ފެނިގެންދިޔަ ފާޒިލް ވަނީ ގިނަ މުބާރާތްތަކެއްގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފައެވެ.