ޚަބަރު

މާލޭގެ ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ


  • މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 17:51 އެހާކަންހާއިރު

  • ނިޔާވެފައި އޮތްވާ ފެނިފައިވަނީ ހއ. މޮޅަދޫ، އޯސަނިކްވިލާ، އިބްރާހީމް ނަޢީމް

މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮތްވާ ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގައި މީހަކު ނިޔާވެފައި އޮތްކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 17:51 ހާއިރު ކަމަށެވެ. އަދި ނިޔާވެފައި އޮތްވާ ފެނިފައިވަނީ ހއ. މޮޅަދޫ، އޯސަނިކްވިލާ، އުމުރުން 45 އަހަރުގެ އިބްރާހީމް ނަޢީމްކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.