ޚަބަރު

ޕީއެސްޖީ ދަނޑު ހަލާކުވެ ފުރަތަމަ މެޗު އެހެން ދަނޑަކަށް


  • މޮނާކޯ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވިނަގަނޑު ބަދަލު ކުރާނެ: ޕީއެސްޖީ

ފްރެންޗް ލީގު އާންގެ އިތުރުން ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަރމެއިންގެ ދަނޑުގެ ވިނަގަނޑު ހަލާކުވެފައިވުމުގެ ސަބަބުން ލީގު އާންގައި އެޓީމު ކުޅޭ ފުރަތަމަ މެޗު އެހެން ދަނޑަކަށް ބަދަލު ކުރަން ޖެހިއްޖެއެވެ.

މަޢުލޫމާތުލިބޭގޮތުގައި ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ ޕަކް ޑި ޕްރިންސް ދަނޑުގެ ވިނަގަނޑު ހަލާކުވެފައިވަނީ ހޫނު މޫސުމުގެ ހޫނު އާދަޔާ ހިލާފަށް ގަދަވުމުގެ ސަބަބުންނެވެ. ޕީއެސްޖީ މިސީޒަންގައި ލީގުގައި ކުޅޭ ފުރަތަމަ މެޗު ކުޅެން އޮތީ މިއަންނަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ރެން އާއި ދެކޮޅަށެވެ. ނަމަވެސް މިހާރު މިމެޗު މިވަނީ ބްރިޓަނީއަށް ބަދަލުކުރެވިފައެވެ.

ލީގު ޑި ފުޓްބޯލް ޕްރޮފެޝަނަލްގެ އޮފިޝަލުން ޕީއެސްޖީ ދަނޑުގެ ވިނަގަނޑު އިންސްޕެންޓް ކުރުމަށްފަހު ވަނީ އެދަނޑުގައި މެޗު ކުޅެވޭ ހާލަތެއް ނެތް ކަމަށް ބުނެފައެވެ. އަދި ދަނޑުގެ ވިނަގަނޑު އޮތް ހާލުން ކުޅުންތެރިންގެ ރައްކާތެރިކަމަށް ޔަގީން ކޮށްދެވެން ނޯން ނާނެ ކަމަށެވެ. ޕީއެސްޖީއިން ބުނީ މިއަންނަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު އެޓީމުން އަމިއްލަ ދަނޑުގައި މޮނާކޯ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވިނަގަނޑު ބަދަލު ކުރާނެ ކަމަށެވެ. އަދި ކުއްލިއަކަށް ގެއްނަން ޖެހުނު މިބަދަލުގެ ސަބަބުން ކްލަބްގެ ސަޕޯޓަރުންނާއި އެހެން ފަރާތްތަކަށް ކުރިމަތިވާނެ ގޮތް ޖެހުންތަކާއި އުނދަގޫ އިހްސާސް ކުރެވޭ ކަމަށާއި ނަމަވެސް މިއީ ކޮންމެހެން ގެއްނަން ޖެހުނު ބަދަލެއް ކަމަށް ޕިއެސްޖީއިން ބުނެއެވެ.

މިފަހަރުގެ ހޫނު މޫސުމުގައި ފަރަންސޭސިވިލާތުގައި އެންމެ ހޫނު ގަދަވެފައިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު ހޫނުމިން ފަރަންސޭސިވިލާތުގެ ހުރިހާ ހިސާބެއްގައިވެސް ހުރީ ގާތްގަނޑަކަށް 41 ޑިގްރީ ސެލްސިއަސްގައެވެ. އަދި ޖޫން މަހުގެ 22 އިން 28 އާއި ދެމެދު ފަރަންސޭސިވިލާތުގައި ހޫނު ގަދަވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އުޅުނީ 2025ގައެވެ. އަދި ވެރިރަށް ޕެރިހުގެ ސަރަހައްދުގައި މަރުވި މީހުންގެ އަދަދު ވަނީ މިފަހަރު ކުރިއާއިއަޅާބަލާއިރު 62 އިން ސައްތަ އިތުރު ވެފައެވެ.

ފަރަންސޭސިވިލާތުގެ އިތުރުން ހުޅަނޑު ރޫރަޕްގެ ގިނަ ޤައުމުތަކަށް މިފަހަރަކީ ވަރަށް ހޫނު ގަދަ ފަހަރެކެވެ. އަދި ފަރަންސޭސިވިލާތުގެ ބައެއް ސަރަހައްދު ތަކުގެ ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ ހާދިސާވެސް ހިނގާފައިވެއެވެ.