ޚަބަރު

ގައުފް އާއި ރައިބަކީނާ ކުއާޓަރ ފައިނަލަށް


މިހާރު ކުރިއަށްދާ ޓޮރޮންޓޯ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ކޮކޯ ގައުފް އާއި އެލޭނާ ރައިބަކީނާ ހޯދައިފިއެވެ.

މި މުބާރާތުގައި ހަތަރުވަނައަށް ސީޑުކޮށްފައިވާ އެމެރިކާގެ ފްލޮރިޑާއަށް އުފަން ކޮކޯ ގައުފް ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ރަޝިޔާގެ ޒުވާން ކުޅުންތެރިޔާ އެލީނާ ކޮރްނީވާ އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ދެ ސެޓް ގައުފް ކާމިޔާބުކޮށްފައިވަނީ ހައެއް ތިނެއް އަދި ހައެއް އެކެއްގެ ނަތީޖާއަކުންނެވެ.

ދެވަނަ އަށް ސީޑުކޮށްފައިވާ އެލޭނާ ރައިބަކީނާ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ރަޝިޔާގެ ލުޑްމިލާ ސަމްސޮނޯވާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ދެ ސެޓް އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހައެއް ހަތަރެއްގެ ނަތީޖާއަކުން ރައިބަކީނާ ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓް ހަމަ އެ ނަތީޖާއިން ސަސްމޮނޯވާ ވަނީ ކާމިޔާބުކޮށްފައެވެ.

ނަމަވެސް ތިންވަނަ ސެޓުގައި ރައިބަކީނާ ވަނީ މޮޅު ކުޅުމެއް ދައްކާ ހައެއް ހަތަރެއްގެ ނަތީޖާއަކުން މޮޅުވެ މެޗު ކާމިޔާބުކޮށްފައެވެ.