ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިދަތުރުކުރަމުން ދިޔަ ދޯންޏެއް ފެތުމާގުޅިގެން މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މި ދެމީހުންގެ އިތުރުން އެދޯނީގެ ކެޕްޓަންވެސް ވަނީ ގެއްލިފައެވެ. އޭނާ ހޯމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް 8 މީހުންނާއެކު ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު 2026 އޯގަސްޓް 5 ވަނަ ދުވަހުގެ ރޭ 23:22 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. "ފްރެންޑް 4" ނަމަކަށް ކިޔާ މި ދޯނި ފެތި އަޑިއަށް ދިޔުމުގެ ހާދިސާ ގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ހުއްޓުމެއްނެތި ދަނީ ކުރަމުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި މި ދީނި ދިޔައީ ހިލަޔާއި ހިލަވެލި ބަރުކޮށްގެންނެވެ. މިއީ ސަޕްލައި ދޯންޏެކެވެ.
މިދޯނި ފެތި އަޑިއަށްދިޔަ ހާދިސާ ހިނގިއިރު ދޯނީގައި ތިބި 8 މީހުންނެވެ، އޭގެތެރެއިން 7 މީހަކު މިހާރު ވަނީ ސަލާމަތްކޮށްފައެވެ. ގެއްލިފައިވަނީ ތިން މީހެކެވެ، އެއީ އެދޯނީގެ ގެ ކެޕްޓަނާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެކެވެ.
ގެއްލިފަިވާ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެމަގުން ހުއްޓުމެއްނެތި ދަނީ ކުރަމުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.