ފާރމަސިސްޓުންނަށް ޚާއްޞަކޮށްގެން ރިފްރެޝަރ ކޯސްތަކެއް ހިނގުމަށް ނިންމާފައިވާކަމަށް ސްޓޭޓް ފާމަސޫޓިކަލްސްއިން ވިދާޅުވެއްޖެއެވެ.
ސްޓޭޓް ފާމަސޫޓިކަލްސްއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފާއިތުވި މަހުގައިވެސް 30 އަށް ވުރެ ގިނަ ފާމަސިސްޓުން ހޯދަން އިޢުލާނުކޮށްފައިވެއެވެ.
ސްޓޭޓްފާމާއިން ވިދާޅުވީ މި ދާއިރާގައި ތަމްރީން ލިބިފައި ތިބި ދިވެހިން މަދުކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ދާއިރާއިން ކިޔަވާ ކުދިން އިތުރުކުރުމަށް މޯލްޑިވިސް ނޭޝަނަލް ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ބޭފުޅުންނާއި ބައްދަލުކޮށް، ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާކަމަށެވެ.
A productive meeting was held with representatives of @fhsmnu to explore collaboration in training, education, and workforce development.
— StatePharma (@statepharmamv) July 28, 2026
Discussions also focused on strengthening career pathways for pharmacy students and fresh graduates.#StatePharma #FacultyOfHealthScience pic.twitter.com/4A1rNkoYn8
މި ދާއިރާއިން ދަސްވެނިވެގެން ވަޒީފާގެ މާހައުލަށް ނިކުންނަ ފަރާތްތަކަށް ކުންފުނިން ފުރުސަތު ހުޅުވާލުމަށް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން، މިހާރު ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ރިފްރެޝަރ ކޯސް ހިންގުމަށް ނިންމާފައިވާކަމަށާއި ދިވެހި ޒުވާނުންނަށް އެކުންފުނީގައި އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސްއިން ވިދާޅުވިއެވެ.
ރާއްޖޭގައި ފާރމަސިސްޓުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާއިރު ބޭހާއި ގުޅުން ހުރި ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ދަނީ ކުރަމުންނެއެވެ. އެގޮތުން ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި އެ ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނެ ގޮތަށް ޚާއްސަ ޕޯޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެއެވެ.