ޚަބަރު

މިނިވަން ދުވަހުގެ ފޮޓޯ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި


  • ޤައުމިއްޔަތަށް އޮންނަ ލޯތްބާއި ޝައުޤު އިތުރުކުރަން ބާއްވާ މުބާރާތެއް

  • މުބާރާތުން ވަނަވަނައަށްދާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭނެ

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ވިދާޅުވީ، މި މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫހު އާލާކޮށް ޤައުމިއްޔަތަށް އޮންނަ ލޯތްބާއި ޝައުޤު އިތުރުކުރުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ. މީގެ އިތުރަށް މިނިވަންކަމުގެ މުހިންމުކަމާއި، ޤައުމީ ގޮތުން ފާހަގަކުރެވޭ މުހިންމު ހާދިސާތަކުގެ ޒިކުރާ އާލާކޮށް، ދިރުވުމަކީ ވެސް މި މުބާރާތުގެ މަޤުސަދެއް ކަމަށް ވިދާޅުވިއެވެ.