ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ޖާގައެއް އިންގްލެންޑް އިން ހޯދައިފި އެވެ.
އިންގްލެންޑް އިން މި މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ހޯދާފައިވަނީ މިރޭ ކޮންގޯ އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނިޓުގައި ކޮންގޯއިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބްރަޔަން ސިޕެންގާ އެވެ.
ކޮންގޯ އިން ލަނޑު ޖަހާ ލީޑު ނެގުމާއިއެކު އިންގްލެންޑް އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. މި މެޗުގައި އިންގްލެންޑްގެ ހެރީ ކޭން އާޢި ޖޫޑް ބެލިންހަމްގެ އިތުރުން މާކަސް ރަޝްފޯޑް ފޮނުވާލި ނުރައްކާތެރި ހަމަލާތައް ކޮންގޯގެ ކީޕަރު ލިއޮނެލް އެމްޕާސީ ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.
މި މެޗުގެ 75 ވަނަ މިނިޓުގައި ހެރީ ކޭން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ކޭން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.
ހެރީ ކޭން މި މެޗުގައި ޖެހި ދެ ލަނޑާއެކު އޭނާ މި މުބާރާތުގައި ޖެހި ލަނޑުގެ އަދަދު ވަނީ ފަހަކަށް އަރާފަ އެވެ.