ޚަބަރު

އެމްއެންޑީއެފްގެ ތަމްރީނުތަކެއް 13 ސަރަޙައްދެއްގައި


  • މިއީ 3 ދުވަހުގެ ތަމްރީނުތަކެއް

  • ތަމްރީނުތައް ކުރިއަށްދާއިރު ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފްއިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 13 ސަރަޙައްދެއްގައި ފަށައިފިއެވެ.

އަހަރުގެ އެކި ދުވަސްވަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެމްއެންޑީއެފްގެ އެކި ކަހަލަ ތަމްރީނުތައް ދަނީ ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި އެއްގަމާއި ކަނޑުގެ ތަމްރީނުތައް ހިމެނެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، އަސްކަރީ ތަމްރީނުތަކެއް މިއަދުން ފެށިގެން 3 ދުވަހަށް ކުރިއަށްދާނެކަމަށެވެ. 13 ސަރަޙައްދެއްގައި މި ތަމްރީނުތައް ކުރިއަށްދާއިރު ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެއެވެ. އަދި އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުން ނުވާނެގޮތަށް ބްލޭންކްސް އަދި ޕައިރޯޓެކްނިކްސް ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

ތަމްރީނުތައް ކުރިއަށްދާ ސަރަޙައްދުތައް:

• ބަރެސްދޫ
• ފޮނަދޫ
• ކައްދޫ
• މާންދޫ
• ގަން (މުކުރިމަގު، މަތިމަރަދޫ، ތުނޑި)
• މުންޑޫ
• މާބައިދޫ
• ބޮކެފުށި
• ކަޅައިދޫ
• އުވަދެވިފުށި
• މަހާކަންފުށި
• ގަސްފިނޮޅު
• ބޮޑުފިނޮޅު

ދިވެހި ސިފައިންގެ ލަޝްކަރު ވަރުގަދަކުރުމުގެ ގޮތުން ދޭތެރެ ދޭތެރެއިން މާލެއާއި އަތޮޅުތަކުގެ އެކި ސަރަޙައްދުގައި އަންނަނީ މިފަދަ ތަމްރީންތައް ހިންގަމުންނެވެ. ރާއްޖޭގައި ހިނގޭ ތަމްރީނުތަކުގެ އިތުރުން ރާއްޖޭން ބޭރަށް ސިފައިން ފޮނުވައިގެންވެސް ތަފާތު އެކި ތަމްރީނު ޕްރޮގްރާމްތައް އަންނަނީ ފުރިހަމަ ކުރަމުންނެވެ.