ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ ބީއެމްއެލް ގެރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕު ފައިނަލުގެ ޖާގަތައް ހުރަވީ ސްކޫލް، ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލް، ހިރިޔާ ސްކޫލް އަދި ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުން ހޯދައިފިއެވެ.
17 އަހަރުންދަށުގެ އުމުރުފުރާގެ ފައިނަލުން ހުރަވީ ސްކޫލް ޖާގަ ހޯދީ 29-23 އިން ހިރިޔާ ސްކޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ވާދަވެރި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުރަވީގެ ޖީކޭ ކައިލީން ހުސައިން ޒުހައިރުއެވެ.
މި އުމުރުފުރާގެ ފައިނަލުގެ ފަހު ޖާގަ އެންމެފަހުގެ ޗެންޕިއަން ޖީއައިއެސްއިން ކަށަވަރުކުރީ 54-32 އިން ކަލާފާން ސްކޫލު ބަލިކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖީއައިއެސްގެ ސެންޓަރ އާއިޝާ އައިލީން އަހްމަދުއެވެ.
15 އަހަރުންދަށުގެ އުމުރުފުރާގެ ފައިނަލުގެ ފުރަތަމަ ޖާގަ ހިރިޔާ ސްކޫލުން ހޯދީ 20-15 ގެ ކުޑަ ފަރަގަކުން މުހްޔިއްދީން ސްކޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖީއައިއެސްގެ ޖީޑީ އީނާލް އިނާޒް ވާހިދްއެވެ.
މި އުމުރުފުރާގެ ފައިނަލުގެ ފަހު ޖާގަ ޖީއައިއެސްއިން ކަށަވަރުކުރީ 28-10 އިން ފަސޭހަކަމާއެކު ހުރަވީ ސްކޫލް ބަލިކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖީއައިއެސްގެ ޑަބްލިއުއޭ ޒާޔާ އާމިރް ވަހީދްއެވެ.
މާލޭގެ ހުރިހާ ސްކޫލަކުން ވާދަކުރި މިމުބާރާތުގެ ފައިނަލް މެޗުގެ ކުޅުން އޮންނާނީ 27 ވަނަ ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. 15 އަހަރުންދަށުގެ މެޗު ތާވަލުކޮށްފައިވަނީ 03:00 އަށެވެ. އަދި 17 އަހަރުންދަށުގެ ފައިނަލުގެ ކުޅުން އޮންނާނީ 04:00 ގައެވެ.