ކުޅިވަރު

ފުރަތަމަ މެޗު 6-0އިން ކާމިޔާބު ކުރިޔަސް ވާނެ ކަމެއް ނެތް: ޔަމާލް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު 6-0އިން ކާމިޔާބު ކުރި ނަމަވެސް ވާނެ އެއްވެސް ކަމެއް ނެތް ކަމަށް ސްޕޭނުގެ ފޯވަޑް ލަމީން ޔަމާލް ބުނެފި އެވެ.

އޭނާ މިހެން ބުނީ ފުރަތަމަ މެޗުގައި ކިއުރަސާއޯއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވުމުން އަމާޒު ވެފައިވާ ފާޑުކިއުނަތްކަށް ޖަވާބު ދެމުންނެވެ.


"އަހަރެންގެ ނަޒަރުގައި ފުރަތަމަ މެޗު 6-0އިން ނުވަތަ މިއަށްވުރެ ތަފާތު ބޮޑުކޮށް ނުވަތަ ކުޑަކޮށް ކާމިޔާބު ކުރި ނަމަވެސް ވާނެ އެއްވެސް ކަމެއް ނެތް. ސަބަބަކީ މުބާރާތް ކާމިޔާބު ކުރާނަމަ ނޮކްއައުޓް މެޗުތައް ކާމިޔާބު ކުރަން ޖެހެނެތީވެ. އަހަރުމެންނަށް ކުރީ މެޗު އެއްވަރުވުމުން ފާޑުކިއުންތައް އަމާޒުވި. އެކަމަކު އެއީ މާބޮޑު މައްސަލައެއް ނޫން،" ޔަމާލް ބުންޏެވެ.

މި މެޗަށް ކޯޗު ލުއިސް ޑެލަފުއެންޓޭ އަށް އެންމެ ބޮޑަށް އަމާޒުވި އެއް ސުވާލަކީ ޔަމާލް ފިޓްވެއްޖެތޯ އެވެ؟
"އަހަރެން ނުނިންމަން އޭނާ ފުރަތަމަ 11ގައި ކުޅުވާނެކަން ނުވަތަ ނޫން ކަން. އޭނާ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް،" ކޯޗު ބުންޏެވެ.

2024 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކޮށްދިން ކޯޗު ބުނީ ވޯލްޑް ކަޕުގެ ފުރަތަމަ މެޗު އެއްވަރުވުމުން ފާޑުކިއުން އަމާޒުވުމަކީ ރަނގަޅެއް ކަމަށެވެ.

"އަހަރުމެން މިކަން ބަލައިގަންނަނީ ޕޮޒިޓިވްކޮށް. އަހަރުމެން މިތިބީ ވަރަށް އެކުވެރިކޮށް ފާޑުކިއުންތައް ބަލައިގަނެގެން. ސަބަބަކީ އަހަރުމެން ކުޅޭ ސްޓައިލްގެ ގޮތުން އިދިކޮޅު ޓީމުތައް ދިފާއު ކުރާތީވެ. މިހެންވެ އަހަރުމެން އުއްމީދު ކުރަނީ މި މެޗުގައި ވެސް ފެނިގެންދާނީ ކުރީ މެޗުގައި ވެސް ފެނުނު ފަދަ ދިފާއީ ކުޅުމެއް ކަމަށް،" ކޯޗު ބުންޏެވެ.

ސްޕޭން ފުރަތަމަ މެޗު އެއްވަރުވިއިރު ސައޫދީ އަރަބިއާގެ ފުރަތަމަ މެޗު އެއްވަރުވީ އުރުގުއޭއާ ވާދަކޮށް 1-1އިންނެވެ.