އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހަދީޘް ހިތުދަސްކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމަކީ އިމާމް އައްނަބަވީގެ 40 ހަދީޘް ހިތުދަސްކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ.
6 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، 2 މަސްދުވަހަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮގްރާމުގެ ޕޯސްޓަރުގައިވާ ކިއުއާރް ކޯޑު ސްކޭންކޮށްގެން ޕްރޮގްރާމުގައި ބައިވެރިވޭނެއެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވެބްސައިޓުގައިވާ ލިންކު މެދުވެރިކޮށްވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ.
ޙަދީޘް ހިތުދަސްކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލުން!
— Ministry of Islamic Affairs & Endowments (@MVIaffairs) June 20, 2026
އިމާމް އައްނަވަވީގެ 40 ޙަދީޘް (الأربعون النووية) ހިތުދަސްކުރުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ 6 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްޞަކޮށްގެން 2 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.… pic.twitter.com/3mECiniJTI
މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނީ މިމަހުގެ 30ވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ.