ޚަބަރު

ހުޅުމާލޭގެ 3 ސަރަހައްދެއްގައި ބޮޑު ސްކްރީނުގައި ވޯލްޑް ކަޕް


  • ހުޅުމާލެ ފޭސް 1: ސެންޓްރަލް ޕާކު

  • ހުޅުމާލެ ފޭސް 1: ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ކައިރި

  • ހުޅުމާލެ ފޭސް 2: ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ކައިރި

މިރޭ ފަށާ ފީފާ ވޯލްޑް ކަޕް، ހުޅުމާލޭގެ 3 ސަރަހައްދެއްގައި ބޮޑު ސްކްރީނުން ބެލޭނެ އިންތިޒާމް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ އާއި ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމް ގުޅިގެން ހަމަޖައްސައިފިއެވެ.

މިއީ ވޯލްޑް ކަޕްގެ ފޯރި އާންމުންނާ ހަމައަށް ވީހާވެސް ގާތުން ގެނެސްދިނުމަށް ކުރެވޭ މަސައްކަތެކެވެ.

ވޯލްޑް ކަޕުގެ ފޯރި މުޅި ރާއްޖޭގައި ގަދަވެފައިވާއިރު، އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ސަޕޯޓަރުންނަށްވެސް އަމާންކަމާއެކު ފޯރިގަދަ މާހައުލެއްގައި ހިލޭ މި މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ. އެގޮތުން ބޮޑު ސްކީރުނު ބަހައްޓައިގެން ވޯލްޑް ކަޕް ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވާ ސަރަހައްދުތަކަކީ ގިނަ މީހުންނަށް އެއްވެ ތިބެވޭނެ ފަދަ ތަންތަންކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ހުޅުމާލޭގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބެލޭނެ ސަރަހައްދުތައް:

* ހުޅުމާލެ ފޭސް 1: ސެންޓްރަލް ޕާކު
* ހުޅުމާލެ ފޭސް 1: ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ކައިރި
* ހުޅުމާލެ ފޭސް 2: ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ކައިރި

ފީފާއިން އިންތިޒާމް ކޮށްގެން މިހާތަނަށް ބާއްވާ އެންމެ ބޮޑު ވާލްޑް ކަޕް ފުޓްބޯޅަ މުބާރާތް މިރޭ ދަންވަރު މެކްސިކޯގައި ފެށޭއިރު ޕްރީ ޝޯވއާއި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޕީއެސްއެމްގެ ޓީވީއެމާއި ޔެސްޓީވީން ވަގުތުން ދައްކާނެއެވެ.