ޚަބަރު

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކު ނިޔާވެއްޖެ


  • އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު

  • އެކްސިޑެންޓްގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ މިރޭ 22:12 އެހައިކަންހާއިރު

ހައިވޭ، ހުޅުމާލެއިން މާލެ އަށް ދަތުރުކުރާ ފަޅި، އެއާޕޯޓު ލައިޓް ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 މެއި 13 ވަނަ ދުވަހުގެ ރޭ 22:12 އެހައިކަންހާއިރު ކަމަށެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެއެވެ. މި ހިތާމަވެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ވަނީ ނިޔާވެފައެވެ.

ފުލުހުން ގެންދަނީ މި އެކްސިޑެންޓު ތަޙުޤީގުކުރަމުންނެވެ.