ކުޅިވަރު

ވޯލްޑް ކަޕުގެ ރަސްމީ ލަވަ ޑައި ޑައިގެ ޓީޒާ ދައްކާލައިފި


އަންނަ މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރަސްމީ ލަވައިގެ ޓީޒާ ދައްކާލައިފި އެވެ.

މި ފަހަރުގެ ލަވަ ކިޔާފައިވަނީ ކޮލަމްބިއާގެ މަޝްހޫރު ލަވަ ކިއުންތެރިޔާ ޝަކީރާ އާއި ނައިޖީރިއާގެ މަޝްހޫރު ލަވަ ކިއުންތެރިޔާ ބުރޫނާ ބޯއި އެވެ. މި ފަހަރުގެ ރަސްމީ ލަވަ އަކީ "ޑައި ޑައި،" އެވެ. އިޓަލީ ބަހުން މިއީ ލެޓްސް ގޯ އެވެ. ހަތަރު ފަހަރު ވޯލްޑް ކަޕް ހޯދާފައިވާ އިޓަލީ މި ފަހަރުގެ މުބާރާތަށް ކޮލިފައިނުވެ އެވެ.

ޝަކީރާ އާއި ބުރޫނާ ބޯއި ހުށަހަޅައިދާ ޑައި ޑައި ލަވައިގެ ޓީޒާއިން ފެންނަ ގޮތުގައި ލަވަ ރެކޯޑް ކޮށްފައިވަނީ ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމުގަ އެވެ. ޑާންސް ގްރޫޕަކާއި ބައެއް ފުޓްބޯޅަ ކުޅުންތެރިންނާއެކު ލަވް ރެކޯޑް ކުރަން ޝަކީރާ ލައިގެން ހުރީ ބްރެޒިލްގެ ކުލަތައް ކަމަށްވާ ރީނދޫ ޓީޝާޓަކާއި ނޫ ސޯޓެކެވެ.

މި ލަވަ ރިލީޒް ކުރާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. މިއީ ވޯލްޑް ކަޕުގެ ރަސްމީ ލަވް ޝަކީރާ ހުށަހަޅައިދޭ ދެ ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ހުށަހަޅައިދީފައިވަނީ 2010 ވަނަ އަހަރުގެ ވަކަކަ ނުވަތަ ދިސް ޓައިމްފޯ އެފްރިކާ އެވެ. މިއީ މިހާތަނަށް އެންމެ މަޝްހޫރުވި ވޯލްޑް ކަޕް ލަވަ އެވެ.

އަންނަ މަހުގެ 11 އިން ޖުލައި 19 އަށް ކުރިއަށްދާ މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 48 ޓީމު ބައިވެރިކޮށްގެން ބާއްވާ ވޯލްޑް ކަޕް ބާއްވާނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ގުޅިގެންނެވެ.