ޚަބަރު

މަނާބޭހުގެ މައްސަލައިގައި މޮޑްރިކަށް 4 އަހަރުގެ އަދަބެއް


  • މިއަދަބު ދިނީ 2024 ވަނަ އަހަރު މަނާ ބޭސް ބޭނުންކުރުމާއި ގުޅިގެން ކުރި ސަސްޕެންޝަނަށްފަހު

  • އޭނާ ވަނީ އިނގިރޭސި އެފްއޭގެ ނިންމުން އިސްތިއުފާނުކޮށްފަ

  • މި އަދަބާއެކު ކުރިޔަށް އޮތް 4 އަހަރަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއްގައި އުޅުން މަނާވާނެ

ޗެލްސީގެ ވިންގަރ މިހައިލޯ މުޑްރިކް މަނާ ބޭހުގެ މައްސަލައާއި ގުޅިގެން ހަތަރު އަހަރަށް ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން މަނާކޮށް، އިނގިރޭސި ފުޓްބޯޅަ އިދާރާއިން އޭނާއަށް ހަރުކަށި އަދަބެއް ދީފިއެވެ.

ހަތަރު އަހަރަށް ފުޓްބޯޅައިގެ ހަރަކާތްތަކުގައި ބައިވެރި ނުވޭވެގޮތަށް އޭނާއަށް އަދަބުދިނީ 2024 ވަނަ އަހަރު މަނާ ބޭހަށް ޕޮޒިޓިވްވި މައްސަލައާއި ގުޅިގެންނެވެ. 2024 ވަނަ އަހަރުގެ ފަހުކޮޅު އިނގިރޭސި ފުޓްބޯޅަ އިދާރާއިން، މުޑްރިކް މަނާ ބޭހަކަށް ޕޮޒިޓިވްވުމުން، އޭނާ ވަގުތީ ގޮތުން ސަސްޕެންޑު ކުރިއެވެ.

އެ އަހަރުގެ ޑިސެމްބަރުގައި ޗެލްސީ އިން އޭރު ބުނީ، އެންމެ ފަހުގެ ކުޑަކަމުދާތަކެތީގެ ޓެސްޓްތަކުގެ ނަތީޖާއިން އޭނާ މަނާ ބޭހަކަށް ޕޮޒިޓިވްވެފައިވާކަމަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އޭރު އެކަލަބަށް އަންގާފައިއޮތްކަމަށެވެ. މަނާ ބޭހެއް ކަމުގައިވާ މެލްޑޯނިއަމްއަށް ޕޮޒިޓިވްވެ، ޑިސެމްބަރު 2024 ން ފެށިގެން މޮކްރިކް ވަނީ އެފްއޭގެ ސަސްޕެންޝަން ތަންފީޒުކޮށްފައެވެ.

ޔޫކްރެއިނަށް ނިސްބަތްވާ މުޑްރިކް މަނާ ބޭސް ބޭނުން ކުރި މައްސަލަ ފެންމަތިވީ ބައިނަލްއަގްވާމީ މެޗަކަށް ޔޫކްރެއިނަށް ގޮސް ހުއްޓައެވެ.

އޭނާ ޗެލްސީއާއި ގުޅުނީ 70 މިލިއަން ފައުންޑުގެ ޕީއަކަށް ޖެނުއަރީ 2023 ގައެވެ. އެހެންނަމަވެސް ކުލަބާއެކު ދެއަހަރެއްހާ ދުވަހު މަސައްކަތް ކުރިފަހުން އޭނާއަށް ކުރިމަތިވި މި ސަސްޕެންޝަނުގެ ސަބަބުން 25 އަހަރުގެ ކުޅުންތެރިޔާގެ ބޭނުމެއް ޗެލްސީއަކަށް ނުހިފުނެވެ.

އިނިގިރޭސި އެފްއޭއިން ހަތަރު އަހަރުގެ ސަސްޕެންޝަނެއް އޭނާގެ އަދަބެއްގެ ގޮތުގައި ކަނޑައެޅީ މިދިޔަ އަހަރު ދެވަނަ ފަހަރަށް އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުންވެސް މަނާ ބޭހަށް ޕޮޒިޓިވްވުމުންނެވެ.

ކުރީގެ ޝަކްތާރު ޑޮނެޓްސްކުގެ ކުޅުންތެރިޔާއަށް މި އަދަބު ދޭން ނިންމީ އޭނާ ކުޅުމާއި ދުރުގައި ހުންނަތާ 17 މަސް ދުވަސް ފަހުންނެވެ. އަދި ޗެލްސީގައި ބާކީ ދެއަހަރަށްވުރެ ގިނަދުވަސް އޮތްއިރު އިނގިރޭސި އެފްއޭގެ މިނިންމުން ބަދަލުކުރުމަށް މުޑްރިކް ކާސްއަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާކަމަށް ކާސްއިން ވަނީ ޔަގީންކޮށްދީފައެވެ. ބައިނަލްގެ ކުޅިވަރު މައްސަލަތައް ބަލާ ކޯޓު، ކާސްއިން ބުނީ ފެބުރުވަރީގައި ހުށަހެޅި މި މައްސަލައިގެ އަޑު އެހުމެއް އަދި ތާވަލުކޮށްފައިނުވާކަމަށެވެ.

ނަމަވެސް ބައިނަލްއަގްވާމީ ކުޅިވަރު ކޯޓުން ވަނީ ފެބްރުއަރީ މަހު ހުށަހެޅި އެ މައްސަލައާ މެދު ގޮތެއް ނިންމާނެ ތާރީހެއް ކަނޑައަޅާފައި ނުވާކަން ކަށަވަރުކޮށްދީފަ އެވެ.

ކާސް އިން ބުނީ އިނގިރޭސި އެފްއޭގެ ހަރުކަށި ނިންމުމާއި ދެކޮޅަށް މުޑްރިކްގެ ފަރާތުން 25 ފެބްރުއަރީ 2026 ގައި ހުށަހެޅި އިސްތިއުނާފުގެ މައްސަލަ މިހާރު ބަދަލުކުރަމުންދާ ކަމަށާއި، އެހެންނަމަވެސް އަޑުއެހުމެއް އަދި ތާވަލުކޮށްފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި މުޑްރިކްގެ ފަރާތުން ވަކާލާތުކުރާނީ މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް ކުރިމަތިވި ޑޯޕިންގެ މައްސަލައިގައި ހަތަރު އަހަރަށް ފުޓުބޯޅައިން މަނާކުރުމަށް ދިން އަބަދު ކޯޓު މެދުވެރިކޮށް 18 މަސް ދުވަހަށް ލުއިކޮށްދިން ގާނޫނީ ވަކީލުންނެވެ.