ޚަބަރު

ސްކޭމްތަކުގައި ގެއްލުނު 2ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި


  • މިދިޔަ ހަފުތާ 41 މައްސަލަ ރިޕޯޓުކޮށްފައިވޭ

  • ސްކޭމްތަކުގައި 4ލައްކައަށްވުރެގިނަ ރުފިޔާ ގެއްލުނު

ސްކޭމްތަކުގައި ގެއްލުނު 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 12 އިން 18ވަނަ ދުވަހާ ހަމައަށް ސްކޭމްގެ 41 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިމަހުގެ 12 އިން 18ވަނަ ދުވަހާ ހަމައަށް ރިޕޯޓުކޮށްފައިވާ ސްކޭމްގެ 41 މައްސަލައިގައި ޖުމްލަ 496،383.50 ރުފިޔާ ފޭރިގަނެފައިވެއެވެ. އަދި ގެއްލުނު ފައިސާގެ ތެރެއިން ގާތްގަނޑަކަށް 43 އިންސައްތަ ރިކަވާކޮށްދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެއީ 211،684.50 ރުފިޔާއެވެ.

ބޭނުންކުރި ސްކޭމްގެ ބާވަތްތައް

އީ-ކޮމާސް: 21 މައްސަލަ
ފައިސާ މާރުކުރުން: 3 މައްސަލަ
އޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ފައިސާ ހޯދި: 9 މައްސަލަ
ފިޝިން، ވިޝިން އަދި ޖޮބްސްކޭމް: 1 މައްސަލަ
އެހެނިހެން: 8 މައްސަލަ

ސްކޭމްކުރަން ބޭނުންކުރި މަންސަތައް

އޮންލައިން މެސެޖިން
އައިބޭ
ފޯން ކޯލް
ފިޝިން ލިންކް
ފޭސްބުކް މާކެޓްޕްލޭސް

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ކަމާޞެހޭ ފަރާތްތަކުން އަބަދުވެސް އަންނަނީ އއިރުޝާދު ދެމުންނެވެ. އެގޮތުން ލިންކުތަކަށް ނުފިއްތުމަށާއި، އެއްވެސް ފަރާތަކަށް ވެރިފިކޭޝަން ކޯޑު ހިއްސާ ނުކުރުމުގެ އިތުރުން ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއްކަމުގައިވިޔަސް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދުދެމުންނެވެ.

ވަކިން ޚާއްސަކޮށް، ސްކޭމްތަކުން ރައްކާތެރިވުމަށް އޮންލައިންކޮށް ވިޔަފާރިކުރާ އިރު ތަކެތި ލިބުމުގެ ކުރިން ޕޭމަންޓް ނުދެއްކުމަށާއި، ބޭންކު ނުވަތަ ސަރުކާރު އިދާރާއެއް ކަމަށް ބުނެ ގުޅާ ފަރާތްތަކާ އޯޓީޕީ އަދި ޕިން ފަދަ މައުލޫމާތު ހިއްސާ ނުކުރުމަށާއި، ސްކޭމެއް ކަމަށް ޝައްކު ކުރެވިއްޖެ ނަމަ ވީ އެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓް ކުރުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.