ޚަބަރު

އިތުރު ބުރުގެ ދާއިމީ ނަތީޖާ: ޕީއެންސީއަށް 3 ގޮނޑި


  • 5 ގޮނޑިން، 3 ގޮނޑި ކާމިޔާބުކުރީ ޕީއެންސީން

  • އެމްޑީޕީއަށް 1 ގޮނޑި، އަމިއްލަ ކެނޑިޑޭޓަކު 1 ގޮނޑި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ އިތުރު ބުރުގެ ވޯޓުގެ ނަތީޖާ އިޢުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރެއްވި ނަތީޖާއިން އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލީ 5 ދާއިރާއެއްގެ ގޮނޑީގެ ތެރެއިން 3 ގޮނޑި ކާޟިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީންނެވެ.

އެގޮތުން ޕީއެންސީން ކާމިޔާބުކުރީ ހއ.ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމާއި، ހދ.ނޭކުރެންދޫ އަދި ލ. މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ ގޮނޑިއެވެ.

އެގޮތުން ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ހޮވިފައިވަނީ، 578 ވޯޓާއެކު ހައްވާ ފަޒްނާއެވެ. ނޭކުރެންދޫ އ.ތ.މ ކޮމިޓީގެ މެމްބަރުކަމުގެ މަޤާމަށް ހޮވިފައިވަނީ 362 ވޯޓާއެކު ފާތިމަތު ރިއުޒާއެވެ. އަދި މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް 563 ވޯޓާއެކު ހޮވިފައިވަނީ ފާތިމަތު ޝާފިޔާއެވެ.

މީގެއިތުރުން ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް އިންތީޚާބުވީ، 203 ވޯޓާއެކު އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ރަފާޙްއެވެ. އަދި 595 ވޯޓާއެކު ފުވައްމުލައް ސިޓީ ދަނޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް އިންތިޚާބުވީ އަމިއްލަގޮތުން ވާދަކުރި ޝީޒާ އިބްރާހީމެވެ.

މިއަދު ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން %72 މީހުން ވޯޓުލާފައިވެއެވެ. މިއީ އެހެން ބައި އިލެކްޝަންތަކާ އަޅާބަލާއިރު ތަރުހީބު ބޮޑު އިންސައްތައެއްކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވައެވެ.