ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ރަސްދުއަށް ވަޑައިގަންނަވައިފި


  • މިއީ އިންތިޚާބުގައި ޕީއެންސީ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ކުރައްވާ ދަތުފުުޅެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު އަރިއަތޮޅު އުތުރުބުރީ ރަސްދުއަށް ވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްދުއަށް ވަޑައިގެންނެވުމުން އެރަށުގެ ބަނދަރު ސަރަހައްދުން އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުހަބާދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްދޫއަށް ވަޑައިގަންވާފައި މިވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ރަސްދޫއާއި އެދާއިރާއިން ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރެއްވުމަށެވެ.


މި ދަތުުރުފުޅުގުގެތެރެއިން އެރަށުގައި ބާއްވާ ހަރަކާތެއްގައި ރަސްދޫގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑާއިގަންނަވައެވެ.

މީގެކުރިން އެމްޑީޕީގެ ތާއިދު ބޮޑޮ ރަށްތަކުގެ ގޮތުގައި ފާހަގަކުރެވުނު ބައެއް ރަށްތަކުގެ ގޮނޑިތައް މިފަހަރު ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އއ. ރަސްދޫ އާއި އެއަތޮޅު އުކުޅަސް ފާހަގަކުރެވެއެވެ.