ފުލުހުންގެ ބަނދުގައި މާލެ ކަސްޓޯޑިއަލުގައި ހުރި މީހަކު ނިޔާވެއްޖެއެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި މަރުވެފައި އޮތްވާ ފެނިފައިވަނީ މ. ރޭއަލިވާގެއާގެ / މާލެ، އަޙްމަދު ނަވްޝާދު (41އ) އެވެ. އޭނާ ކަސްޓޯޑިއަލް ޖަލު ގޮޅީގެ ތެރެއަށް ވެއްޓިފައި އޮތްވާ ފެނިގެން މިއަދު ހަވީރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ވިދާޅުވިއެވެ. ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފަިއވާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ހާދިސާ މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.