ރާއްޖެ އައުމަށްފަހު އެނބުރިގައުމަށްދިޔަ ބޭރު 2 މީހެއް ޒިކާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތުމިނިސްޓްރީން ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މިހާރު ވަނީ ޒިކާ ވައިރަހަށް ޓެސްޓްކުރައްވަން ފައްޓަވާފައެވެ.
ހެލްތް މިނިސްޓްރީން ބޭއްވިނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފްހެލްތު ސާރވިސަސް ޑރ. ޝީޒާ ޢަލީ ވިދާޅުވީ، މިއަހަރު ރާއްޖެއައި 2 ބިދޭސީއެއްޤައުމަށް ގޮސް ޓެސްޓް ކުރުމުން އެމީހުންގެ ގައިން ޒިކާ ވައިރަސް ފެނިފައިވާކަމަށެވެ. ޑރ. ޝީޒާ ވިދާޅުވީ، ރާއްޖޭގައި އުޅުމަށްފަހު އެނބުރި ޤައުމަށްދިއުމަށްފަހު ބަލިވެގެން ކުރި ޓެސްޓް ތަކުން އެދެމީހުން ޒިކާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިހަފްތާގައި އަންގާފައިވާކަމަށެވެ. މީގެތެރެއިން އެކަކު ރާއްޖެ އައިސް ގޮސް ފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. އަނެއް މީހާ ރާއްޖެއައިސް ގޮސްފައިވަނީ ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް އެމީހުންގެ ގަޔަށް މި ވައިރަސް އަރާފައިވަނީ ކޮން ޤައުމަކުން ކަން ކަށަވަރު ކޮށްދީފައެއްނުވެއެވެ. މީގެއިތުރުން މިދިޔަ އަހަރުވެސް ރާއްޖޭގައި މަސައްކަތް ކުރުމަށްފަހު އެނބުރިޤައުމަށް ދިޔަ ފިންލޭންޑްގެ މީހެއް ޒިކާ ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ.
"ދުނިޔޭގެ 73 ޤައުމަކުން ވަނީ ޒިކާ ވައިރަސް ޓެސްޓްތަކުން ފާގަހަ ކުރެވިފަ. އެހެންނަމަވެސް މި ވައިރަސްއާއި ގުޅިގެން ބްރެޒިލް އަދި މިނޫން ލެޓިން އެމެރިކާގެ ބައެއްޤައުމުތަކުގައި ފެތުރިފައިވާ ބައެއް ނުރައްކާތެރި ހާލަތްތައް މިސާލަކަށް ވިހާދަރިފުޅުގެ ބޯ ކުޑަވުމާއި ނާރުތަކުގެ ބަލިޖެހުމާއި މިކަންތައްތައް ވަނީ ހުރިހާޤައުމަކުން ފެނިފައެއް ނޫން. މިކަންތަންތައް ފެނިފައިވަނީ 21 ޤައުމުން. މިރީޖަންނުވަތަ މިސަރަހައްދުގެ ޤައުމުތަކަށް ބަލާއިރު މި ވައިރަސްގެ ސަބަބުން މިދެންނެވިކަހަލަ އަލާމާތްތައް ފެނިފައިވަނީ މިހާތަނަށް ތައިލެންޑުން." ޑރ. ޝީޒާ ޢަލީ ވިދާޅުވިއެވެ.
އެޗްޕީއޭގެ އެޕިޑަމިލޮޖިސްޓް،ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިދިޔައަހަރު ރާއްޖެއަށް ޒިޔާރަތްކުރި މީހަކާއިއަދި މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ދެމީހެއްގެ ގައިން، އެމީހުން ރާއްޖެއިން ދިޔަފަހުން އެމީހުންގެ ގައިން ޒިކާ ފެނުނުކަމަށް ރިޕޯޓް ކޮށްފައިވާތީ ޒިކާއަށް ސަމާލުވުމުގެ ގޮތުން ހެލްތް މިނިސްޓްރީން މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށެވެ. މިގޮތުންމި ވައިރަސް ފެތުރޭކަމަށް ބޮޑަށް ބެލެވިފައިވާ މަދިރި ކޮންޓްރޯލް ކުރުމަށް ގިނަމަސައްކަތްތަކެއް މިދިޔަ އަހަރާއި މިއަހަރުގެ ކުރީކޮޅު ކުރައްވާފައިވާކަން ޑރ.އަފްޒަލް ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ޒިކާއަށް ޓެސްޓް ކުރުމަށް ބޭނުންވާވަސީލަތްތައް އައިޖީއެމްއެޗްގައި ޤާއިމްކޮށް ޒިކާ ވައިރަހަށް ޓެސްޓްކުރަންފައްޓަވާފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
" ޒިކާ ޓެސްޓް ކުރުމަށްޓަކާ ބޭނުންވާ ޕީސީއާރު މެޝިން މިހާރު ވަނީހޯދިފަ. އައިޖީއެމްއެޗްގައި ޒިކާއަށް ޓެސްޓް ކުރުމުގެ ވަސީލަތްތައް ޤާއިމްކުރެވިފައިވާނީ. އަދި ޒިކާއަށް ޓެސްޓް ކުރަންވެސް އައިޖީއެމްއެޗްގައި މިހާރު ވަނީފަށާފަ. މިހާރު އަދި އައިޖީއެމްއެޗްގައި އެކަނި ޓެސްޓް ކުރިކަމުގައި ވިޔަސްކުރިއަށްއޮތްތާންގައި ރާއްޖޭގެ އެކިކަންކޮޅުތަކުން ޝައްކުކުރެވޭ މީހުންގެސާމްޕަލްތައް ނަގައިގެން އައިޖީއެމްއެޗްގައި ޓެސްޓް ކުރުމަށް ވަނީ ރާވާފައި." ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.
އެޗްޕީއޭގެ މެޑިކަލް އޮފިސަރ ފާތުމަތުނަޒްލާ ވިދާޅުވީ، ޒިކާއިން ރައްކާތެރިވުމަށް މަރިދިން ރައްކާތެރިވާންޖެހޭކަމަށާއިއަދި މަދިރި އާލާވާ ތަންތަން ނައްތާލާން ޖެހޭކަމަށެވެ. ނަޒްލާ ވިދާޅުވީ، ޒިކާވައިރަސް ޖެހުމުން ވަކި ޙާއްޞަ އަލާމާތްތަކެއް ނުފެންނާނެކަމަށާއި މިބައްޔަށްވަކިން ޙާއްޞަ ފަރުވާއެއް އަދި ހޯދިފައި ނުވާކަމަށެވެ.
" ވިހާ ކުދިންގެ ބޯ ކުޑަވުމާއި މިކަހަލަކަންތައްތަކަކީ ހަޤީޤަތުގައި ބަލީގެ ކޮމްޕްލިކޭޝަން ބަލިޖެހުމަށްފަހު ދެންއިތުރުވާ ނުރައްކަލެއް. ހަޤީޤަތުގައި ޒިކާވައިރަސް ޖެހޭ މީހަކަށް އެބަލީގެއެހާބޮޑު ނުރައްކަލެއް ނުހުރޭ އެވަގުތު. އެއީ ގާތްގަނޑަކަށް %80 މީހުންނަށްއެމީހުންނަށް ބަލިޖެހިފަ ރަނގަޅުވާއިރުވެސް ބަލި ޖެހުނުކަމެއް ނޭންގޭ.އަލާމާތެއްވެސް ނުފެނޭ" އެޗްޕީއޭގެ މެޑިކަލް އޮފިސަރު ފާތުމަތު ނަޒްލާ ވިދާޅުވިއެވެ.
ޒިކާވައިރަސް އާންމު ގޮތެއްގައި ފެތުރެނީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިންނެވެ. ނަމަވެސް ޖިންސީ ގުޅުމުގެ ސަބަބުންމި ބަލި ޖެހޭކަކަށް މިހާތަނަށް އެނގިފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.