ސައްހަ ނޫސް ސްލިޕެއް ޝީޝާއަށް ފޮނުވައިގެން ސައިކަލެއް ނެގި ބިދޭސީ މީހެއްގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކޮށްފިއެވެ.
މިމައްސަލަ އަކީ މިދިޔަ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހު ސައިކަލެއް ނެގުމަށް، ލާރި ދެއްކި ކަމަށް ދައްކައި ދޭން 92،000ރ ގެ ސައްހަ ނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވައި، އޮޅުވާލުމުގެ ޢަމަލެއް ހިންގުމާއި ގުޅޭ މައްސަލައެކެވެ. މިމައްސަލައިގައި ތުހުމަތު ކުރަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ ސޮލައިމާން އާމިރު އަށެވެ. ފުލުހުން ވިދާޅުވީ، އޭނާ ހުޅުމާލޭ ސަރވިސް ސެންޓަރަކުން އޭޑީވީ 160 މޮޑެލްގެ ހޮންޑާ ސައިކަލެއް ހޯދާފައިވާ ކަމަށް ވިދާޅުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ސައިކަލު ނެގީ ޝީޝާއިންނެވެ.
މިމައްސަލާގައި އޭނާ ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންވަނީ ފުލުހުންގެ ބެލުމުގެ ގެންގޮސްފައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އޭރު ކޯޓަށް ހާޒިރު ކުރުމުގެ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، އިތުރު 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުންވަނީ އަމުރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.