އިންޑިއާގައި ކުރިޔަށްދާ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2026ގެ 19 އަހަރުން ދަށުގެ މިކްސް ޑަބަލްސްގެ ފައިނަލަށް ރާއްޖެ ދަތުރުކޮށްފިއެވެ.
މި އިވެންޓުގެ ފައިނަލުގެ ޖާގަ ހޯދީ ފާތިމަތު ދީމާ ޢަލީއާއި މުޙައްމަދު ޙަލަފް ރާފިޢުގެ ޕެއާއެވެ. މި ދެކުޅުންތެރިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލްގައި 3-0 އިން ބަންގްލަދޭޝް ބަލިކޮށްގެންނެވެ.
ފައިނަލްގައި ދީމާ އާއި ހަލަފްގެ ޕެއާ ނިކުންނާނީ އިންޑިއާގެ ޕްރިޔަނޫޖް ބަޓަޗަރިއްޔާ އާއި ޖެނިފަރ ވަރްގެސޭގެ ޕެއާއާ ދެކޮޅަށެވެ.
މި މުބާރާތް ކުރިޔަށް ދަނީ އިންޑިއާގެ ޝިމްލާގައެވެ. މި މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުގެ ފައިނަލުގައި އިންޑިއާއާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން ރާއްޖެއިން ވަނީ އެ އިވެންޓުގެ ރިހިމެޑަލް ހޯދާފައެވެ.
އަދި 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލުގެ ޖާގަވެސް ވަނީ ހޯދާފައެވެ.