ޚަބަރު

ޔޫތު ވޮލަންޓިއަރ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި


  • މިއީ 18އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ޚާއްސަ ޕްރޮގްރާމެއް

  • ބައިނަލްއަޤްވާމީ ތަމްރީނުތަކާއި، ވޯކްޝޮޕްތަކުގައި ވޮލަންޓިއަރ ކުރުރުމުގެ ފުރުޞަތު

ޔޫތު ވޮލަންޓިއަރ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޔޫތު ވޮލަންޓިއަރ ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 18އަހަރާއި 35 އަހަރާ ދެމެދުގެ ޢުމުރުފުރާތަކުގެ ޒުވާނުންނަށެވެ.

ޔޫތު ވޮލަންޓިއަރ ޕްރޮގްރާމުގެ ތެރެއިން، އިޖްތިމާޢީ އަދި ބައިނަލްއަޤްވާމީ ތަމްރީނުތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާތަކުގައި ވޮލަންޓިއަރ ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ހިންގޭ އެކި ޕްރޮގްރާމުތަކުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ލިބިގެންދާނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ވީއެންމެ އަވަހަކަށް ޕްރޮގްރާމުގައި ބައިވެރިވުމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އެވުޒާރާގެ ވެބްސްއިޓުގައި ޝާއިއުކޮށްފައިވާ ގޫގަލް ފޯމު މެދުވެރިކޮށެވެ.


ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާއިން އަންނަނީ ޒުވާނުންނަށް ޚާއްސަކޮށްގެން އެކިކަހަލަ ކޭމްޕުތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންތަކާއި، އެކިކަހަލަ މަސައްކަތު ބައްދަލުވުންތަކާއި އަދި ކަލިނަރީ އިވެންޓްތައް ފަދަ ޒުވާނުންނާ ގުޅޭ ހަރަކާތްތައް ބާއްވަމުންނެވެ.

އަދި މުޖުތަމަޢުގައި ޒުވާނުންގެ ދައުރު ފުޅާކޮށް، ޒުވާނުން ބާރުވެރިކުރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.