މިހާރު ކުރިއަށްދާ އިންތިޚާބުގައި ވޯޓުފޮޮށިތަކުގެ ކިޔު ހަވީރު 5 ޖެހުމާއެކު ބަންދުކޮށްފިއެވެ.
މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00 ގައެވެ.
އެ ކޮމިޝަނުން އާންމު ކުރި މައުލޫމާތުން ދައްކާގޮތުގައި މިހާތަނަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްގު ލިބިގެންދާ 62.98 އިންސައްތަ މީހުންނެވެ. އެއީ 185،709 މިހުންނެވެ.
މިހާތަނަށް ވޯޓުލި މީހުންގެ ތެރޭގައި 92،567 އަންހެނުންނާއި 93،142 ފިރިހެނުން ހިމެނެއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިގެންވެއެވެ. މިހާތަނަށް ވޯޓުނުލަނީ 109،167 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެއީ ޖުމްލަ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ %37.02 މީހުންނެވެ.
މި އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރުކޮށްފައެވެ. ވޯޓު ގުނުން ފެށިގެންދާނީ ކިޔުގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުޞަތު ދިނުމަށްފަހު ފޮށި ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.