މިއަހަރު ބާއްވާ 'ކޮމަންވެލްތް ގޭމްސް ގުލާސްގޯ 2026" ޗެފް ޑި މިޝަނަރަކަށް ފަޒްނާ ޖަލީލު ހަމަޖައްސައިފިއެވެ.
މިއަހަރު ކޮމަންވެލްތް ގޭމްސް އޮންނާނީ ސްކޮޓްލޭންޑް އެންމެ ބޮޑު ސިޓީކަމަށްވާ ގުލާސްގޯގައެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައވަނީ ޖުލައި 23 އިން އޮގަސްޓް 02ގެ ނިޔަލަށެވެ.
މުބާރާތުގެ ތައްޔާރީތަކާއި ގުޅޭ މަޝްވަރާތަކަށް ބާއްވާ ޗެފް ޑި މިޝަން ސެމިނަރގައި ރާއްޖެއިން ބައިވެރިވެފައިވަނީ ފަޒްނާ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫޙް އަޙުމަދު ސައީދެވެ.
ފަޒްނާ ވަނީ ރާއްޖޭގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. އޭނާ އަކީ މިވަގުތު ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސާއެވެ. އަދި ސައުތު އޭޝިއަން ނެޓްބޯލް ފެޑެރޭޝަންގެ ނައިބު ރައީސާއެވެ.
އެންމެ ފަހުން ކޮމަންވެލްތް ގޭމްސް ބާއްވާފައިވަނީ 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބަރމިންހަމްގައެވެ. އެއަހަރުގެ ގޭމްސްގައި ޖުމްލަ 72 ގައުމުން 4500 އަށްވުރެ އެތުލީޓުން ބައިވެރިވިއެވެ. އަދި 283 އިވެންޓު ކުރިޔަށް ގެންދިޔައެވެ.
ދެން އެންމެ އަވަހަށް ކޮމަންވެލްތް ގޭމްސް ބާއްވާނީ 2030ގައެވެ. އެ ގޭމްސް ހޯސްޓުކުރުމުގެ ފުރުސަތު ދީފައިވަނީ އިންޑިއާއަށެވެ.