ޚަބަރު

ފިޔޯރީގައި މަސް ހިފަންގޮސް އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެ


  • ނިޔާވީ 79 އަހަރުގެ މީހެއް

  • ހާދިސާ ހިނގީ މިއަދު މެންދުރު

ގދ. ފިޔޯރީގައި ދާޖަހައިގެން މަސް ހިފަންގޮސް އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެއެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާގޮތަށް ބަލާއިރު، އެ ހާދިސާ ހިނގައިގެން ފުރުލަށް ރިޕޯޓްކޮށްފައިވަނީ، މިއަދު މެންދުރު 01:42 އެހައިކަންހާއިރުއެވެ.

އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފަވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ނިޔާވެފައި ވަނީ ގަހާކޯޅި، ގދ. ފިޔޯރީ، މުޙައްމަދު ޙުސައިން (79އ) އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.