ޚަބަރު

އިންޑިއާ މުބާރާތުގެ 4 ގުނަ 400 ރިލޭއިން ރާއްޖެއަށް 3 ވަނަ


  • ރާއްޖޭ ޓީމުގައި ހިމެނެނީ ހަސަން ސާއިދާއި، އަހުނަފް ރައްޔާން ފަހުމީ، އަހުނާ ނިޒާރާއި ޒިވާ މޫސާ ޝަފީއު

  • ރާއްޖޭގެ ރިލޭ ޓީމުން ރޭސް ނިންމީ 44.53 ސިކުންތުން

އިންޑިއާގައި ބޭއްވި ފުރަތަމަ އިންވިޓޭޝަނަލް ރިލޭ އަދި 3 ވަނަ ނޭޝަނަލް އޯޕަން ރިލޭގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން 3 ވަނަ ހޯދައިފިއެވެ.

ރާއްޖެ މި މުބާރާތުގެ ލޯ މެޑަ ހޯދާފައިވަނީ މިކްސްޑް 4 ގުނަ 100 މީޓަރު ރިލޭއިންނެވެ. މި އިވެންޓުގައި ރާއްޖެ ތަމްސީލުކޮށް މެޑަލް ހޯދި އެތުލީޓުންނަކީ ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި، އަހުނަފް ރައްޔާން ފަހުމީ، އަހުނާ ނިޒާރު އަދި ޒިވާ މޫސާ ޝަފީއުއެވެ.

މިއަދު އިންޑިއާގެ ޗަންދިގާރުގައި ކުރިޔަށް ދިޔަ މި އިވެންޓުގައި ވާދަކުރި ރާއްޖޭގެ ރިލޭ ޓީމުން ރޭސް ނިންމީ 44.53 ސިކުންތުންނެވެ.

މި އިވެންޓުން އެއްވަނަ ހޯދީ އިންޑީގެ ލާލޫ ޕްރަސާދާއި ޑީ ޖަޔަރަމް އާއި އުނަތީ ބޮއްލަންޑާއި އަދި ހަރިތާ ބަދްރާގެ ޓީމުންނެވެ. އެ ޓީމުން ރޭސް ނިންމީ 42.30 ސިކުންތުންނެވެ. ދެވަނަ ހޯދީވެސް އިންޑިއާގެ ޓީމަކުންނެވެ. އެ ޓީމުގައި ހިމެނޭ ގްރިންދާވިރު ސިންހް، ޓެމިލް އަރަސޫ އެސް، ސުދެޝްނާ ޝިވަންކާ އަދި އަކަންކްޝާ ކުމާރީ ރޭސް ނިންމީ 44.53 ސިކުންތުންނެވެ.

ފިރިހެނުންގެ ހަތަރެއް ގުނަ 400 މީޓަރު ރިލޭގައި ވާދަކުރާ ޓީމުގައި ހިމެނެނީ އާދަމް ރިފްއަތް، ހުސެއިން ޒީކް ސައުދު، ޒުއިޒް މުޙައްމަދު ސަޢުދާއި އަޙުމަދު އަބްސަލް މުޙައްމަދު ޖަލީލެވެ.

އަންހެނުންގެ ހަތަރެއް ގުނަ 400 މީޓަރު ރިލޭގައި ވާދަކުރާ ޓީމުގައި ހިމެނެނީ އާއިޝަތު ނަޢަދު އައްސަދު ވަޖުދީ، އާމިނަތު ލަޔާނާ މުޙައްމަދު، ޙައްވާ މުޒްނާ ފާއިޒާއި ޒީކް އަޝްރަފް ރަޝީދެވެ.