ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ ފަރުވާދެމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެެ
އެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެއިން އެއާޕޯޓަށް ހައިވޭގައި ދަތުރު ކުރި އުޅަނދެއް މަގުގެ އެއްފަރާތުގައި ހުންނަ ފެންސްގައި ޖެހި އެކްސިޑެންޓް ވެގެން ފުލުހުން ހަރަކާތްތެރިވަމުންދާކަމަށެވެ.
މި އެކްސިޑެންޓްގައި އުޅަނދުގައި ތިބި ދެ މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.