ހުޅުމާލޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ ހުޅުމާލެ ލޮޓް - 11395ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދި ހަވީރު 6 ޖަހާކަށްހާއިރުކަމަށެވެ. އަލިފާނުން ލިބުނު ގެއްލުމުގެ ސަބަބުން ގޭގެ އެއް ކޮޓަރި ވަނީ އަނދައިގެން ގޮސްފައެވެ. އަދި ގޭގެ ދެން ހުރިކޮޓަރިއާއި ސިޓިން ރޫމްއަށް ވެސް ކަޅުދުމާއި އަލިފާނުގެ އަސަރުކޮންމެވެސް ވަރަކަށްކޮށްފައިވެއެވެ. އެންޑީއެމްއޭއިން އެ ގޭގައި ދިރިއުޅެމުން ދިޔަ 7 ފަރާތްތަކަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާ، ކެއިން ބުއިމާ އަދި އަންނައުނު ވަނީ ހަމަޖައްސާދީފައެވެ.
އެންޑީއެމްއޭއިން ވިދާޅުވީ އެ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭއިން ކުރަމުންދާކަމަށް. އެގޭގައި ދިރިއުޅެމުން ދިޔައީ 7 މީހުން ކަމަށާއި އޭގެތެރޭގައި ކުޑަކުއްޖެއްވެސް ހިމެނޭ ކަމަށެވެ. އެ އާއިލާއަށް ފައިސާގެ އެހީތެރިކަންވެސް ވަނީ ފޯރުކޮށްދީފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.