ޚަބަރު

މިދިޔަ ހަފްތާގައި 38،836 ކޮންޓައިނަރ ކްލިއަރކުރި


  • އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ބިސް، އަލުވި އަދި ފިޔާ

  • ކޮންޓެއިނަރ ކްލިއަރކުރުމަށް ނަގާ ވަގުތު ވަނީ ކުޑަކޮށްފައި

މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް، އެމްޕީއެލުން މިމަހުގެ މިހާތަނަށް 38،836 ކޮންޓެއިނަރ ކްލިއަރކޯށްފައިވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ޕޯޓްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 1 އިން 8 ގެ ނިޔަލަށް އެކުންފުނިން 38،836 ކޮންޓެއިނަރ ކްލިއަރކޮށްފައިވެއެވެ. މީގެތެރޭގައި 20 ފޫޓުގެ ކޮންޓެއިނަރއާއި 40 ފޫޓުގެ ކޮންޓެއިނަރ ހިމެނެއެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކޮންޓެއިނަރ ކްލިއަރކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 6544 ކޮންޓެއިނަރ ކްލިއަރކޮށްފައިވެއެވެ.

އެމްޕީއެލުން އާންމުކޮށްފައިވާ ތަފާސްހިސާބުތައްކަށް ބަލާއިރު މިދިޔަ ހަފްތާގައި މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ބިސް، ފިޔާ އަދި އަލުވި ފަދަ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ. އޭގެތެރެއިންވެސް އެންމެ ގިނައިން ކްލިއަރ ކޮށްފައިވަނީ ބިހެވެ. އެއީ، 26،536 ކޭހެވެ.

އެމްޕީއެލްއިން އެންމެ ގިނައިން ކްލިއަރކޮށްފައިވާ ބާވަތްތައް:

• ބިސް
• ކަރާ
• ދޮންކެޔޮ
• ފިޔާ
• އަލަނާސި
• އަލުވި
• ޓޮމާޓޯ

ކްލިއަރކުރާ ކޮންޓެއިނަރުގެ އަދަދު އިތުރުވަމުންދާއިރު އެމްޕީއެލްއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. އެގޮތުން މީގެކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން ކުޑަވެފައިކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.