މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15ގައި ފިޠުރު ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ލިބިފަވާކަމަށް މޯލްޑިވްސް ޒަކާތު ހައުސިންއިން ވިދާޅުވެއްޖެވެ.
މިއީ މިދިޔަ 3 ރޯދަމަހާ އަޅާބަލާއިރު، އެންމެ ގިނަ ޢަދަދަކަށް ފުރަތަމަ 15ގައި ޒަކާތް ލިބުނު އަހަރެވެ.
ޒަކާތު ހައުސިން ޙިއްސާކޮށްފަވާ މަޢުލޫމާތަށް ބަލާއިރު، ފިޠުރު ޒަކާތުގެ ގޮތުގައި 5،482،171 ރުފިޔާ މިހާތަނަށް ވަނީ ލިބިފައެވެ.
• 2026 - 5،482،171 ރުފިޔާ
• 2025 – 4،460،199 ރުފިޔާ
• 2024 – 2،626،587 ރުފިޔާ
• 2023 – 2،794،579 ރުފިޔާ
މިއަހަރު ރަމަޟާންމަހުގެ ފުރަތަމަ ހަފުތާގައި ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފަވަނީ 1.3 މިލިޔަން ރުފިޔާއެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފަށައިގެން އޮންލައިންކޮށް ޒަކާތް ބަލައިގަތުން ވަނީ ފަށާފައެވެ. އަދި ޑެސްކް ބަހައްޓައިގެން ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށާފަވަނީ ފެބްރުއަރީ 22 ވަނަ ދުވަހުން ފަށައިގެންނެވެ.
ދިރާގު އެޕް އަދި ވެބްސައިޓް، އިރީދޫ އެފް، ބީއެމްއެލް އެފް، އެމްއައިބީ އެޕް، ފަހިޕޭ، އަވަސް އެޕް އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެއެވެ.
#FitrZakat #MaldivesZakatHouse #ZakatHouseMV #ZakatMV #Zakat pic.twitter.com/zmdEeSGBSB
— Maldives Zakat House (@ZakatHouseMv) March 8, 2026
• އާދައިގެ ހަނޑޫ: 12 ރުފިޔާ
• ތައިލެންޑް ހުދު ހަނޑޫ:53 ރުފިޔާ
• ރަތް ހަނޑޫ: 96 ރުފިޔާ
• ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
• ބާސްމަތީ ހަނޑޫ (މޮޅު) : 109 ރުފިޔާ
• ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
• އާދައިގެ ފުށް: 10 ރުފިޔާ
• އާޓާ ފުށް: 75 ރުފިޔާ
މިއަހަރުވެސް ފިތުރު ޒަކާތް ބަހާނީ ހުރިހާ ފަގީރުންނަށް އެއްހަމަކޮށްކަމަށް، ޒަކާތު ހައުސް އިން ވަނީ ކަނޑައަޅާފައެވެ. މީގެކުރިން ޒަކާތް ބަހަމުން އައިސްފައިވަނީ ކޮންމެ ރަށަކުންވެސް ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އެރަށެއްގެ ބެހެނިވެރިންނަށެވެ.
ނަމަވެސް މިދިޔަ އަހަރު ވަނީ ފުރަތަމަ ފަހަރަށް ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންނަށް، އެއްހަމަޔަކުން ފިޠުރު ޒަކާތް ބަހަން ނިންމާފައެވެ.