ތައްޓެއް ހޯދައިނުދެވުމުން ނިއުގެ ކޯޗު އަލީ ސުޒޭންގެ ބަދަލުގައި އެ މަގާމަށް ނިއުގެ ޓެކްނިކަލް ޑައިރެކްޓަރު ސްޕޭނުގެ އަންދްރޭ ހަމަޖައްސައިފި އެވެ.
ނިއުގެ ޗެއާމަން އަހުމަދު މުބީން ވަނީ މިކަން ކަށަވަރުކޮށްދީ ކުލަބުގެ ސޯޝަލް މީޑިއާގައި މި ނިންމުން އިއުލާނު ކޮށްފަ އެވެ.
އޭނާ ބުނފައިވަނީ މި ސީޒަނުގައި ނިއުއާ ހަވާލުވި ސުޒޭން ކޮށްދީފައިވާ މަސައްކަތަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ގައުމީ ޓީމުގެ ކުރީގެ ކޯޗު ނިއުގެ ކޯޗުކަން ދޫކޮށްލީ އާއިލީ ސަބަބާކ ހެދި ކަމަށެވެ. މިހެންވުމާއެކު މާދަމާއިން ފެށިގެން ކޯޗުކަމުގެ ޒިންމާ ނަގާނީ ޓެކްނިކަލް ޑައިރެކްޓަރު ކަމަށެވެ.
ވިކްޓަރީ އާއި މާޒިޔާގެ ކުރީގެ ކޯޗު ސުޒޭން ނިއުއާ ހަވާލުވެ ލީގުގައި ލިބުނީ ތިން ވަނަ އެވެ. އަދި ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުން ކެޓީ މާޒިޔާ އަތުންނެވެ.