ޚަބަރު

މޮޅުވިޔަސް ސެލްޓިކަށް ގަދަ 16އަށް ދެވޭގޮތް ނުވި


  • ފުރަތަމަ ލެގުގައި ސެލްޓިކް ބަލިވީ 1-4 އިން

  • ދެވަނަ ލެގު ނިމުނީ 0-1 އިން ސެލްޓިކް ކުރީގައި އޮވެގެން

  • އެގްރިގޭޓް ނަތީޖާގައި ސެލްޓިކަށް ކުރި ނުލިބުނު

ޔޫއެފާ ޔޫރަޕާ ލީގުގެ ގަދަ 16 ގެ ޕްލޭއޮފްގެ ދެވަނަ ލެގުގައި ސްޓަޓްގާޓް އަތުން މޮޅުވި ނަމަވެސް، ސެލްޓިކަށް މުބާރާތް ނިމިއްޖެއެވެ.

ސްޓަޓްގާޓްގެ ދަނޑުގައި ކުޅުނު މި ދެ ޓީމުގެ ކުރިމަތިލުމުގެ ދެވަނަ ލެގުގައި ސެލްޓިކް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ފުރަތަމަ މިނެޓުގައި ސެލްޓިކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިލީ ލޫކް މިކް ކޮވަން އެވެ.

މި ލަނޑާއެކު ހޯދި މޮޅާއެކު ވެސް ސެލްޓިކަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލުނީ ޕްލޭއޮފްގެ ފުރަތަމަ ލެގުގައި، އަމިއްލަ ދަނޑުގައި ކުޅެ ސްޓަޓްގާޓް އަތުން 1-4 އިން ސެލްޓިކް ބަލިވުމާ ގުޅިގެންނެވެ. ޕްލޭއޮފް އެގްރިގޭޓުގައި ސްޓަޓްގާޓުން ސެލްޓިކްގެ މައްޗަށް 2-4 އިން ވަނީ ކުރިހޯދާފައެވެ.

މި ނަތީޖާއާއެކު ސްޓަޓްގާޓުން މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ހޯދިއިރު ގަދަ 16 ގައި އެ ޓީމު ކުޅެން ޖެހޭނީ ޕޯޓޯ ނުވަތަ ބްރާގާއާ ދެކޮޅަށެވެ.

ގަދަ 16 ގައި ސްޓަޓްގާޓުގެ ފުރަތަމަ ލެގު އޮންނާނީ 12 މާރިޗުގައެވެ.