މާލޭގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ ސައިޓެއްގެ ތެރޭގައި މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި އަނިޔާވި މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވެމްކޯއިން ހާމަކޮށްފިއެވެ.
ވެމްކޯއިން ހާމަކޮށްފައިވާގޮތުން މިހާދިސާގައި އަނިޔާވި މުވައްޒަފުވަނީ ބުދަދުވަހުގެ ރޭ ވެންޓިލޭޓަރުން ނަގާފައެވެ. ވެމްކޯއިން ބުނީ އަނިޔާވި މީހާއަށް މިވަގުތު ފަރުވާ ދެމުންދަނީ ސަރޖިކަލް އެޗްޑީޔޫގައި ކަމަށެވެ. އަދި އަނިޔާވި މުއައްޒަފަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އާއިލާއާއި ގުޅިގެން ވެމްކޯއިން ފޯރުކޮށްދެމުންދާކަމަށް ވެމްކޯއިން ހާމަކުރެއެެވެ. އަދި އަނިޔާވި މީހާގެ ބޭސްފަރުވާއަށް ބޭނުންވާ ހުރިހާކަމެއް އެ ކުންފުނިން ކޮށްދެމުން އަންނަކަމަށެވެ.
ވެމްކޯއިން ބުނީ އެ ކުންފުނީގެ އެޗްއާރް އަދި ވެލްފެއަރ ޑިޕާޓްމަންޓުގެ ފަރާތުން މުއައްޒަފެއް 24 ގަޑިއިރު އަނިޔާވި މީހާގެ އާއިލާއާއެކު ހޮސްޕިޓަލުގައި ހަރަކާތްތެރި ވަމުންއަންނަކަމަށެވެ.