ޚަބަރު

ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ ބޭފުޅުންނަށް ރައީސްގެ ރޯދަ ވީއްލުމެއް


  • ރައީސްގެ ދެކަނބަލުން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ތިއްބަވާ ބޭރުގެ މަންދޫބުންނަށް ރޯދަ ވީއްލުން ދެއްވާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ދިވެހިރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންނަށާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ މަންދޫބުންނަށް ޚާއްޞަ ރޯދަ ވީއްލުމެއް ބާއްވަވައިފިއެވެ.

މިއަދު މުލީއާގޭގައި ބޭއްވި މި ޙަފުލާގައި ބައިވެރިވެ ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ ބައްދަލުކުރައްވައި، ރަމަޟާން މަހުގެ ހެޔޮއެދުންތައް އަރިސްކުރައްވައި އިޙްތިރާމް އަދާކުރައްވާފައެވެ.

ރާއްޖޭގައި ޤާއިމުވެ ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި، ޖަމުޢިއްޔާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ މި ރޯދަ ވީއްލުމަކީ، ބޭރުގެ ޤައުމުތަކާއެކު އޮންނަ ޚާރިޖީ ގުޅުންތައް ބަދަހިކޮށް، ދީނީ އަދި ސަޤާފީ ހަރަކާތްތަކުގެ ތެރެއިން އެކުވެރިކަން އާލާކުރުމަށް ބާއްވާ މުހިންމު ހަރަކާތެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.