އިސްލާމް ދީނަށް ފުރައްސާރަކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
މި މައްސަލާގައި ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ ހ.ިފިލިކުރިގެ އުމުރުން 51 އަހަރުގެ އަޙްމަދު އާމިރުއެވެ.
ފުލުހުން ވިދާޅުވީ އެމީހާ ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި އިސްލާމް ދީނަށް ފުރައްސަރަކޮށް، ރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަމަށް ބޫރު އަރާ ފަދަ ވާހަކަދައްކާފައިވާ މައްސަލާގައިކަމަށެވެ. އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އެނާ ގެނައުމަށް ނިންމާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރުވާން އެންގުމަށް އުޅޭ ވަކި ތަނެއް ނޭނގޭތީ ޗިޓު ރައްދު ކުރެވިފައިނުވާ ކަމަށެވެ. އެހެންކަމަުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ 16:00އަށް ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވާން ވަނީ އަންގާފައެވެ.