ޚަބަރު

ޓޮޓްނަމް ރެލިގޭޓެއް ނުވާނެ: ކޯޗު ޓޫޑޯ


  • ޓޮޓްނަމް އޮތީ ތާވަލުގެ 16 ވަނައިގަ

  • ރެލިގޭޝަން ޒޯނުގައި 18 ވަނައިގައި އޮތް ޓީމާ ދެމެދު ފަސް ޕޮއިންޓު

އިނގިރޭސި ފުޓުބޯޅައިގެ އެންމެ މަތީ ޑިވިޝަނުން ޓޮޓްނަމް ހޮޓްސްޕަރ ރެލިގޭޓު ނުވާނެކަމުގެ 100 އިންސައްތަ ޔަގީންކަން އޮތްކަމަށް އެ ޓީމުގެ ކޯޗު އިގޯ ޓޫޑޯ ބުނެފިއެވެ.

ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ އާސެނަލްއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓޫޑޯ ބުނީ، މަސައްކަތްކުރަމުންދަނީ މިވަގުން މިވަގުތަށް ވެސް ތަފާތު ދައްކައި ނަތީޖާ ނެރުމަށް ކަމަށެވެ.

ޓޮޓްނަމް އަކީ ފުޓުބޯޅައިގެ ވަރުގަދަ ނަމެއް ކަމަށާއި ހަގީގީ މަގާމަށް އެ ޓީމު ގެންދިއުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ވަރަށް ބޮޑަށް ތައްޔާރަށް ހުރިކަމަށް އޭނާ ބުންޏެވެ.

މިވަގުތު މުހިންމީ ދޭދޭ ކުޅުންތެރިންގެ މެދުގައި އޮތް ގުޅުން ވަރުގަދަކޮށް، ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިން ބަދަހިކުރުމުގެ މަސައްކަތްކުރުންކަމަށް ވެސް އޭނާ ބުންޏެވެ. ހަގީގީ ކާމިޔާބީއާ ހަމައަށް ވާސިލްވުމުގެ އެންމެ މުހިންމު ބިންގަލަކީ އެއީކަމަށް އޭނާ ބުންޏެވެ.

ޓޮޓްނަމް ރެލިގޭޓު ނުވާނެކަމުގެ 100 އިންސައްތަ ޔަގީންކަން އެބައޮތްކަމަށް ޓޫޑޯ ބުނިއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޓޮޓްނަމް ކުޅުނު 17 މެޗުގެ ތެރެއިން މޮޅުވެވިފައި ވަނީ އެންމެ ދެ މެޗުންނެވެ. ނުވަ މެޗުން ބަލިވެފައިވަވާއިރު ހަ މެޗުން އެއްވަރުވެފައިވެސް ވެއެވެ.

ލީގު ތާވަލުގައި ޓޮޓްނަމް މިވަގުތު އޮތީ 26 މެޗުން 29 ޕޮއިންޓޫ ހޯޑައިގެން 16 ވަނައިގައެވެ. ރެލިގޭޝަން ޒޯނުގައި 18 ވަނައިގައި އޮތް ވެސްޓްހަމްއާ ޓޮޓްނަމްއާ ދެމެދު އޮތީ ފަސް ޕޮއިންޓުގެ ތަފާތެވެ.